ads
ބިއޯންޑް
ލަގްޝަރީ އެއަލައިން ”ބިއޯންޑް“ އިން 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ދިވެހީންނަށް
ބީއޯއެންޑަކީ ސިމްޑީ ގްރޫޕާއި ޔޫއޭއީގައި ހުންނަ އިންވެސްޓްމަންޓް ކުންފުނި އަރަބްސްކު ގުޅިގެން ލަގްޒަރީ ޗުއްޓީ ދަތުރުތަކަށް ހާއްސަކޮށްގެން އުފައްދާ ތައާރަފުކުރަން ތައްޔާރުވަމުންދާ ލަގްޒަރީ އެއާލައިނެކެވެ.
Advertisement

މިއީ ރާއްޖޭގަައި އޮޕަރޭޓުކުރާނެ ފުރަތަމަ އަދި ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝަ އެއަލައިން އެވެ. މި އެއަލައިންގެ ފުރަތަމަ ދަތުރުތައް ފަށަން ރާވާފައިވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅެވެ.

މިހާރު މިއެއަލައިނުން ވަނީ، ކެޕްޓަނުންނާއި ފަސްޓް އޮފިސަރުންނާއި ކެބިން ކްރޫސް އަދި ފްލައިޓް އޮޕަރޭޝަންސް ކޮންޓްރޯލް ސެންޓަރުގެ މެނޭޖަރު ގެ މަގާމުފަދަ ވަޒީފާތަކަށް ފުރުސަތު ހުޅުވާލާފައެވެ.   

ބީއޯންޑުގެ ސީއީއޯ ޓެރޯ ޓާސްކިލާ ވިދާޅުވި ގޮތުގައި އެއާލައިން އޮޕަރޭޓުކުރަން ފެށޭ އެންމެ ފުރަތަމަ އަހަރުތެރޭގަައި 200 އަށް ވުރެ ގިނަ ވަޒީފާ ދިވެހީންނަށް ހުޅުވިގެންދާނެ އެވެ.

”ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝަ އެއަލައިން ރާއްޖޭގައި ލޯންޗުކުރުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. ވީހާވެސް އަވަހަކަށް ލޯންޗުކޮށް، ގިނަ އާ މަންޒިލްތަކަކަށް ދަތުރުތައް ހުޅުވާލުމަށް އަޅުގަނޑުމެން މިދަނީ ކަމާބެހޭ ފަރާތްތަކާއިއެކު ގާތުން މަސައްކަތް ކުރަމުން، މިހާތަނަށް އަޅުގަނޑުމެންނަށް ރާއްޖޭގެ ސަރުކާރުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރަން”އެއާލައިންގެ ސީއީއޯ ޓެރޯ ޓާސްކިލާ ވިދާޅުވި އެވެ.

ލަގްޒަރީ ލެޝާ އެއާލައިންގެ ދަތުރުތަކުގައި ބޭނުން ކުރަނީ އޭ 321 ނިއޯސް މަރުކާގެ މަތިންދާބޯޓެވެ. 68 އަށް ސީޓުގެ ލަގްޒަރީ މި އެއާލައިނުން އަގުހެޔޮ ލަގްޒަރީ ދަތުރުތަކާއި އެކު ޕްރައިވެޓް ޖެޓް ފަދަ ތަޖުރިބާތައް ލިބޭނެ ކަމަށް ސީއެމްޑީން ބުނެއެވެ.

މި އެއަލައިން އިން ދަތުރުކުރާ ފަރާތްތަކަށް ގޭގައި ހުރެގެން ބެގޭޖް ޗެކިންގެ ހިދުމަތާއި އެއާޕޯޓަށް ދާން ހާއްސަ ވެހިކަލްއެއް ވެސް ހަމަޖައްސައިދޭނެ އެވެ. 

މި އެއަލާއިން އޭޝިއާ، މިޑަލް އީސްޓު، އަދި ޔޫރަޕުގެ 60 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުކުރާނެ އެވެ. އަދި އެތަންތަނުން ރާއްޖެއަށް ސީދާ ދަތުރުތައް އަޅާނެއެެވެ. 

ބިއޯންޑުގެ އުންމީދަކީ ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިންގެ މަގޫބޫލު މަންޒިލްތަކާއި ދެމެދު ރާއްޖެއަށް ދަތުރުކުރާ 20 އަށް ވުރެ ގިނަ މަތިންދާބޯޓު އޮޕަރޭޓުކުރުމެވެ.

 

84%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް