ads
ޑަޔާނާގެ ކާސްޓު އަތްތިލަ އަދި ޑަޔާނާ
ޑަޔާނާގެ "އަތް ތިލަ" ނީލަން ކިޔަނީ
އިނގިރޭސި ވިލާޔުގެ ކުރީގެ ޕްރިންސަސް ޑަޔާނެގެ ވާތު އަތްތިލަ އާއި އެއްވެސް ތަފާތެއް ނެތް މިންވަރަށް ތައްޔާރުކޮށްފައިވާ ކާސްޓު އަތްތިލައެއް ނީލަން ކިޔަން ޔައްތާރުވެއްޖެއެވެ.

މި ތައް ތިލަ ނީލަން ކިޔަން ނިންމާފައިވަނީ 40،000 ޕައުންޑު (696،354 ރުފިޔާ) އަށެެވެ.

މި އަތްތިލައިގައި ޑަޔާނާގެ ވެޑިން ރިންގުވެސް ހިމެނެއެވެ. 

އަތްތިލަ ނީލަން ކިޔަނީ އިނގިރޭސި ވިލާތުގެ ރީމާން ޑެންސީ އޮކްޝަންސް އިން މި މަހުގެ 8 ވަނަ ދުވަހުއެވެ.

ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓު 31 ވަނަ ދުވަހު ފްރާންގެ ވެރިރަށް ޕެރިހުގައި ހިނގި އެކްސިޑެންޓެއްގައެވެ. 

ޑަޔާނާގެ އޭރުގެ ފިރިކަލުން ޗާލްސް އަކީ މިހާރު އިނގިރޭސި ވިލާތުގެ ރަސްގެފާނެެވެ. 

38%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް