ads
ނަސްރުގެ ދުވަސް ފާހަގަކުރަން މިއަދު ހެނދުނު ބޭއްވި ރަސްމިޔާތު
ނަސްރުގެ ދުވަސް: 7 ބަޑީގެ ސަލާމާއިއެކު، ބިނާގައި ދިދަ ޖެހައިފި
ރާއްޖޭގެ 34 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖަހައި، ގާޑު މައުންޓް ކޮށްފި އެވެ.

ތިނެއް ނޮވެންބަރު ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. 

މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިން ނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބޭކަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާ ކުރުން އޮތްއިރު، ސިފައިންގެ އަޒުމް އާ ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖަހައި، ގާޑު މައުންޓް ކުރިއިރު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމުވެ ތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފައެވެ. 

your imageނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމުވެ ތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފަ. މާލޭގައި ސިފައިން، ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފައި ވަނީ އިސްލާމީ މަރުކަޒުގައި

އެގޮތުން، މާލޭގައި ސިފައިން ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފައި ވަނީ މަސްޖިދުލް ސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޡަމް ''އިސްލާމީ މަރުކަޒު'' ގައެވެ. ފަތިސް ނަމާދަށްފަހު ނަސްރުގެ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައި ވެެއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީގެ ކުރިން މާލޭ ސަރަހައްދުގައި މަގުމަތީގައި ދިދަ ޖެހާނަމަވެސް މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް އެކަން ކޮށްފަ އެެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް