ads
ބޮޑުވަޒީރު އިމްރާން ހާން އަށް ހަމަލާދިން މީހާ——
އަހަރެން ބޭނުންވީ އިމްރާން ހާން މަރާލަން: ހަމަލާދިން މީހާ
ސަރުކާރާއި ދެކޮޅަށް ބޭއްވި ބޮޑު ހިނގާލުމެއްގެ ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަގާމުން ދުރުކޮށްފައި ހުންނެވި ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން އަށް ބަޑިން ހަމަލާދިން މީހާ ކުށަށް އިއުތިރާފުވެއްޖެ އެވެ.

އޭނާ ކުށަށް އިއުތިރާފުވެ ވާހަކަދައްކާ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ. 

އެ ވީޑިއޯގައި އޭނާ ބުނެފައިވާގޮތުން އިމްރާން ހާން މަރާލަން ވިސްނީ، ނަމާދު ވަގުތުތަށް ބެލުމެއްވެސް ނެތި ރިލޭގައި ބާރަށް ލަވަޖަހައި، އަޑުގަދަކޮށް ހަދާތީ ކަމަށާއި، އެކަން އޭނާ އަށް ކަމުނުދިޔައީ ކަމަށެވެ.

”ހަމަ ކުއްލިއަކަށް އެއްދުވަހަކު ހިތަށް އެރީ އޭނާ މަރާލަން،“ އޭނާ ބުންޏެވެ.

އެކަމުގައި އިތުރު މީހަކު ބައިވެރިނުވާ ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނީ މަސައްކަތް ކުރީ ހަމައެކަނި އިމްރާން މަރާލަން ކަަމަށާއި، އިތުރު މީހަކަށް ހަމަލާދޭން ވިސްނުމުގައި ނެތް ކަމަށެވެ.

އޭނާ ވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރިލޭގެ ތެރެއަށް ބަޑިޖަހާފައެވެ. އެވަގުތު އޭނާ ހުއްޓުވާފައިވަނީ އެތަނުގައި ހުރި އިމްރާން ހާންގެ ސަޕޯޓަރެކެވެ. ވީޑިއޯތަކުން ފެންނަގޮތުން ފަހަތުން އައިސް ހުއްޓުވަން އުޅުމުން އޭނާ ދުވެ ފިލަން މަސައްކަތްކޮށްފައި ވެއެވެ.


ނަމަވެސް އާންމުންނާއި ފުލުހުން ވެގެން އޭނާ ހިފަހައްޓައި ހައްޔަރުކޮށްފައިވާއިރު ފުލުހުން އޭނާ ގެންދިޔަވަގުތު އެސަރަހައްދުގައި ތިބި އެތައް ބަޔަކު ވަނީ އޭނާގެ ގައިގާ ތަޅާ ހަދާފަ އެވެ.

އިމްރާން ހާން އިސްވެ ހުންނަވާ އެއް ސިޓީ އަނެއް ސިޓީއަށް ބޭއްވި މި ރެލީ އަކީ އިންތިހާބު އަވަސް ކުރުމަށް ގޮވާލައި ސަރުކާރާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ހަމަލާ އަމާޒުވިއިރު އިމްްރާން ހާން ހުންނެވީ ހިނގާލުމުގައި ބޭނުންކުރި އޯޕަން ވެހިކަލެއްގެ މަތީ ވާހަކަފުޅު ދައްކަވާށެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް