ads
މޭޔަރު މުހައްމަދު އާތިފް--
މިއަދު ގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަަކީ ފިކުރީ ހަނގުރާމަ: މޭޔަރު އާތިފް
މިއަދު ދިވެހި ގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ، ފިކުރީގޮތުން ރާއްޖެއާ ކުރެވެމުން އަންނަ ހަނގުރާމަ ކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާތިފް މިގޮތަށް ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޖަލާލުއްދީން ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ، މިއަދު ގައުމުތައް ހަލާކު ކޮށްލުމުގައި ބޭނުންކުރަނީ، ކަނޑިޔާ ބަޑިއެއް ނޫން ކަމަށާއި، އެއަށްވުރެ ފަހި ވަސީލަތްތައް މިހާރު ހުރި ކަމަށެވެ. ހާއްސަކޮށް ބަވަނަވެފައިވާ ދުނިޔޭގައި ޓެކްނޮލޮޖީ ކުރިއަރާފައިވާއިރު، ގޭގެ ކޮޓަރިތަކުގައި ތިބެގެން ގައުމުތައް އެބަ ހަލާކުކުރާ ކަމަށެވެ.

ފިކުރީ ހަނގުރާމައަކީ، ޕްލޭން ކުރެވިގެން ކުރެވޭ ނުރައްކާތެރި ހަނގުރާމައެއް ކަމަށާއި، މި ހަނގުރާމަ ހާއްސަކޮށްފައިވަނީ މާތްވެގެންވާ ދީނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ދީނީ ކަންކަމަކީ ތަކުލީފެއް ކަމުގައި ދެއްކުމާއި، ނޭޗާ އަށް އަޅުކަން ކުރުމަކީ މޮޅުކަމެއް ކަމުގައި ދެއްކުމާއި، އެއްކައުވަންތަކަމަށް އިންކާރު ކުރާ މާއްދީ ނަޒަރިއްޔާތު ހުށަހެޅުމާއި، އިސްލާމީ ޝަހުސިއްޔަތު ރޫޅާލާފަދަ ކަންކަމަށް ދައުވަތު ދިނުމާއި، ގައިބަށް އީމާންވުމަށް އިންކާރު ކުރުން މުޖުތަމައު ތެރޭގައި ފެތުރުމަށް މަސައްކަތް ކުރުމާއި، އެހެން ދީންތަކުގެ ސަގާފަތްތައް މުޖުތަމައު ތެރެއަށް ވެއްދުމަށް މަސައްކަތް ކުރުން ހިމެނޭ ކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

މި ހަނގުރާމާގައި އެންމެ ބޮޑު އަމާޒު ހިފާފައިވަނީ، ކުދި ޅަދަރިންގެ ވިސްނުމަށް މިކަންކަން ވައްދައި އެކުދިންގެ ވިސްނުން ބަދަލުކުރުން ކަމުގައިވާތީ، އެކަމަށް ކޮންމެ މަންމައަކާއި ބައްޕައަކު ސަމާލުކަން ދިނުމަށް މޭޔަރު އާތިފް އިލްތިމާސްކުރެއްވި އެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް