ads
އިބްރާހިމް ދީދީ ކުޅުދުއްފުށީގައި އޮތަ ޖަލްސާގައި——ފޮޓޯ:ކުޅުދުއްފުށީ ސިޓީ ކައުންސިލް
ބާގީންގެ ޕްލޭނާ އެއްގޮތަށް ދިޔަނަމަ، 20 މިނެޓްތެރޭ ސިފައިންގެ ހިފީސް: އިބްރާހީމް ދީދީ
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ރޭވި ބާގީން، އެމީހުންގެ ޕްލޭނާ އެއްގޮތަށް ކަންތައްތައް ކުރިޔަށް ދިޔަނަމަ، 20 މިނެޓް ތެރޭގައި ދިވެހި ގައުމީ ދިފާއީ ބާރުގެ މައި އިދާރާ ހިފައި އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައީސް ކަމަށް ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިބްރާހިމް މުހައްމަދު ދީދީ މިގޮތަށް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި އޮތް ނަސްރުގެ ދުވަހުގެ ޖަލްސާގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ނަސްރުގެ ދުވަހު ސިފައިން ކުރެއްވި ޖިހާދުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި އިބްރާހީމް ދީދީ އެދުވަހުގެ ބައެއް ކަންކަން ކިޔައިދެއްވާފައިވެއެވެ. އެދުވަހުގެ ކަންތައްތައް ވެގެންދިޔައީ އަޖައިބެއް ކަހަލަ ގޮތަކަށް ކަމަށާއި، ދިވެހިންނަށް ލިބުނު ނަސްރަކީ އަޖައިބެއް ކަމުގައި ވިދާޅުވިއެވެ.

އިބްރާހީމް ދީދީގެ ވާހަކަފުޅުގައި، އެދުވަހު އެންމެ ފުރަތަމަވެސް ބާގީންގެ އަތުން ނޭނގި ވަޒަނެއް ގޮވުމާއި، ސިފައިންގެ އެއްފަޅިން ބައެއް ގޮއްވާލާ ބާގީން ވަންނަން ދިމާކުރި އިރު، އެދިމާލަށް ދިވެހި ސިފައިން ތައްޔާރުވެ، ގޮއްވާލުމާއެކު ހަމަލާދެވުމާއެކު، ބާގީންގެ އެކަކަށްވެސް ސިފައިންގެ އެތެރެއަށް ވަދެވިފައިނުވާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ސިފައިންގޭގެ އިސްލާމީ މަރުކަޒާ ދިމާލާވީ ފަޅިން ގޮއްވާލަން ބާގީން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލުމަށް މެދުވެރިވި ކަންކަމަކީވެސް އެފަދަ ކަމެއްކަމުގައި އިބްރާހީމް ދީދީގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.

އެދުވަހުގެ ނުރައްކާތެރި ހަމަލާ ފެށުނީއްސުރެ އެ ހަމަލާ ނާކާމިޔާބުވެގެން ބާގީންތައް ފިލަން ދުވުމާ ހަމައަށްވެސް، ގައުމުގެ ލޮބުވެތި ދިވެހި އެއްވެސް ރައްޔިތެއްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އެމީހުންނަށް ނުލިބޭ ކަމަށާއި، ހުރިހާ ރައްޔިތުންވެސް ތިބީ އެއްބައިވަންތަ ކަމުގައި ގައުމާ ދީނުގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ދުވަހުގެ ނަސްރަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ދުއާއާއި އެ ދުވަހުގެ ޖިހާދުގައި އެކިއެކި ގޮތްގޮތުން މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކުގެ އަގުނުކުރެވޭ މަސައްކަތުން މާތް ﷲ މިންވަރު ކުރެއްވި ނަސްރެއް ކަމުގައިވެސް އިބްރާހީމް ދީދީގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް