ads
ރައީސް ނަޝީދު އަދި ރައީސް ސޯލިހް
ސިއްކަ ކުށްވެރިކުރުން، ބަލައެއް ނުގަނެވޭ، އިއުތިރާފުވީ އަނިޔާކޮށްގެން: ރައީސް ނަޝީދު
އެތައް ދިވެހިންނެއް ޝަހީދުވެގެންދިޔަ ނޮވެމްބަރު ތިނެއްގެ ހަމަލާދިނުމަށް އެހީވިކަމުގެ ކުށް ސާބިތުވެ ހުކުމްކޮށްފައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކު ކުށަށް އިއުތިރާފުވީ އަނިޔާކޮށްގެން ކަމަށާއި، އެ ހަމަލާގައި އޭނާ ކުށްވެރިކުރުން ބަލައިނުގަނެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އަތުން ނަގާފައިވާ އިއުތިރާފު ބަޔާނަކީ، އެތައް އަނިޔާއެއްކޮށްގެން، މަރުގެ ތުންފަތްމައްޗަށް ގެނެސްގެން ނަގާފައިވާ ބަޔާނެއް ކަމަށެވެ.

ރައީސް ނަޝީދު ވަނީ، ނޮވެމްބަރު ތިނެއްގެ ހަމަލާއާއި ގުޅުވައި އޭނާގެ އަބުރަށް އަރައިގަތުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، ސިއްކަގެ ދިފާއު ކުރައްވާފަ އެވެ.

ސިއްކަ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅެވެ. ނޮވެމްބަރު ހަމަލާއާއި ގުޅިގެން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބި، ދިވެހިރާއްޖެ ދިވެހި ވެރިކަމުގެ ބާރުން ނެއްޓިދާ ފަދަ ގޮތަކަށް އަމަލުކުރުމުގައި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާވައިގެން ހިންގި ކަންތައްތަކުގެ މައުލޫމާތު ސިއްރުކޮށްގެން ހުރިކަން އަދި އެކަމުގައި އެހީވިކަން ސާބިތުވެގެން ނެވެ. 

ހައި ކޯޓުން 1989 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ވެރިންނާ ގުޅި، ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ހަތިޔާރާ އެކު މާލެ ދާން ތައްޔާރުވަމުންދާކަމަށް ލުތުފީގެ ފަރާތުން ސިއްކައަށް މާކުރިން އެގިފައި އޮތްކަމާއި، ވެރިކަން ބަދަލުކޮށްލެވިއްޖެ ނަމަ މަގާމުތައް ބަހާނެ ގޮތުގެ މަޝްވަރާވެސް އެދެމީހުންގެ  ދެމެދު ކުރެވިފައިހުރި ކަމަށް ސިއްކަ އިއުތިރާފުވެފައިވާ ކަމަށެވެ.

ސިއްކަގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އެފަހަރު އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހުކުމް ތަންފީޒުކޮށް ނުނިމެނީސް އޭނާ ވަނީ މިނިވަންކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް