ads
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ސްކޫލު ނިންމާ ކޮންމެ ކުއްޖަކީ ހަތިޔާރު އުފުލަން ދަންނަ ކުއްޖަކަށް ވާންޖެހޭ: އުމަރު
ސްކޫލު ނިންމާފައި ނިކުންނަ ކޮންމެ ކުއްޖަކީ ހަނގުރާމައިގެ މައިދާނަށް ތައްޔާރު މީހަކަށް ހަދުމަށް ”ނެޝަނަލް ސާވިސް“ ރާއްޖޭގައި ތައާރަފް ކުރަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
Advertisement

އުމުރު ނަސީރު އިސްކޮށް ހުންނަވާ ހިންގަވަމުންދާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) މޫވްމެންޓް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ގާނޫނަކުން އެ ހިދުމަތް ތައަރާފުކޮށްފިނަމަ 10 އަހަރު ނުވަތަ 15 އަހަރު ފަހުން އެއްލައްކަ ދިވެހީންނަކީ ހަތިޔާރު އުފުލަން ދަންނާނެ ބަޔަކަށްވާނެ ކަމަށެވެ. 

ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ހަމަލާދޭން ރާވާ ބޭރުގެ ބަޔަކުވެސް އެކަމާއި މެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށާއި، ރާއްޖެއިންވެސް ހަމަލާގެ ރައްދުދޭނެކަން އެމީހުންންށް އެނގޭނެ ކަމަށެެވެ.

”ސްކޫލް ނިންމާފައި ނިކުންނަ ކޮންމެ ކުއްޖަކީ ހަތިޔާރު އުފުލަން ދަންނަ ކުއްޖަކަށްވާންޖެހޭ! ސިންގަޕޫރުގައިވެސް އެކަން އޮންނަނީ އެހެން، ސައުތުކޮރިއާގައިވެސް މިކަން އޮންނަނީ މިހެން. ޔޫރަޕުގައިވެސް ކުދި ގައުމުތަކުގައި މިކަން އޮންނަނީ މިހެން. އެހެންވީމައި ދިވެހިރާއްޖޭގައިވެސް ދިވެހީންގެ ތެރެއިން ސްކޫލް ނިންމާފައި ނިކުންނަ ކޮންމެ ކުއްޖަކީ ހަޔިތާރު އުފުލަން އިނގޭ ހަނގުރާމަ ކުރަން އިނގޭ ކުއްޖަކަށް ވާންޖެހޭ. ގާނޫނަކުން ނެޝަނަލް ސާވިސް ރާއްޖޭގައި ތައާރަފު ކުރަންޖެހޭ،“ އުމުރު ވިދާޅުވި އެވެ.

އުމުރު ވިދާޅުވީ، ގައުމެއްގެ މިނިވަންކަން ސަލާމަތްކޮށް ހިފެހެއްޓުމަކީ އާދައިގެ ކުޑަ ކަމެއްނޫން ކަމަށާއި، އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

އެ ޒިންމާ އަންނަން އޮތް ޖީލުތަކުގެ ކޮނޑުގައި އަޅުވާއިރު، ގައުމަށް ހަމަލާއެއް އަތުވެއްޖެ ހާލަތެއްގައި ގައުމުގެ ހިމާޔާތުގައި ނިކުންނާނެފަދަ ޖީލެއް އުފެއްދުމަކީވެސް މުހިންމުކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ. 

އެފަދަ ޖީލެއް އުފެއްދުމަށް:

  • ސްކޫލުތަކުގެ ތެރެއަށް ގައުމިއްޔަތު އިތުރަށް ވައްދަންޖެހޭ ކަމަށް ވިދާޅުވި
  • ދިވެހި ގައުމުގެ ދިފާއުގައި ޖިހާދުކުރެއްވި ބަތަލުންގެ ވާހަކަ ސްކޫލުތަކުގައި ކިޔަވައިދޭންޖެހޭ ކަމަށް ވިދާޅުވި
  • ހަނގުރާމައިގެ މައިދާނަށް ތައްޔާރުވެފައިވާ ކުދިންތަކެއް ނެރުމަށް ނެޝަނަލް ސާވިސް ތައާރަފް ކުރުން

އުމަރު ވިދާޅުވީ، ދިވެހީންނަކީ ހަނގުރާމަކޮށް ގައުމާއި މިނިވަންކަން ދިފާއުކުރާ ބައެއްކަން ޒުވާން ޖީލުތަކަށް އެނގުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް