ads
ހަނޑޫ ފެން
ހަނޑޫ ފެން: ހަންގަނޑު ޒުވާންކޮށްދޭ
ބަދިގޭގައި ހުންނަ ގިނަ ސާމާނުތަކެމޭ އެއްގޮތަށް ހަނޑޫ ވެސް ރީތިވުމަށް ބޭނުން ކުރެވިދާނެއެވެ. މިގޮތުން ހަނޑޫ ފެނުން އިސްތަށިގަނޑާ ހަނގަނޑަށް ރަނގަޅު ފައިދާތަކެއް ކުރެއެވެ.
Advertisement

ހަނޑޫ ފެނަކީ ހަގީގަތުގައި ހަންގަނޑަށް އެހީތެރިވެދޭ ވިޓަމިންތަކާއި މިނަރަލްސް ގިނައިން ހުންނަ ފެނެކެވެ. އަދި އެލަންޓޮއިން އާއި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާއިރު، މިއީ ގިނަ ޝިފާތަކެއް ލިބޭ، ބަލިތައް ލުއިކޮށްދޭ މާއްދާތަކެކެވެ. ހަނޑޫ ފެން އިސްތަށިގަނޑަށް ވެސް ބޭނުން ކުރެވިދާނެއެވެ. އެއީ ކާބޯހައިޑްރޭޓްސް ވެސް އެކުލެވޭތީއެވެ. އެއީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ބޮލުގައި ޝޭމްޕޫލައި ދޮވުމަށްފަހު ހަނޑޫ ފެނުން އިސްތަށިގަނޑު ދޮވުމުން އިސްތަށިގަނޑުގެ ވިދުން އިތުރުކޮށްދެއެވެ.

ހަނޑޫ ފެން ނެގޭނެ ގޮތް

ހަނޑޫ ކައްކައިގެން ވެސް އޭގެން ފެން ނެގިދާނެއެވެ. މިގޮތަށް ނަގާފެން ބޭނުންކުރަންވާނީ ފިނިކޮށްގެނެވެ. ބާކީ ހުރި ރައިސް ފެން ފްރިޖްގައި ބަހައްޓާށެވެ. ކައްކަން ބޭނުން ނުވާނަމަ ދޮޅު ގަޑީރެއްހާއިރު ހަނޑޫ ފެނުގައި ބަހައްޓައިގެން ވެސް ހަނޑޫ ފެން ނެގިދާނެއެވެ.

ހަންގަނޑަށް ހަނޑޫ ފެނުން ލިބޭ ފައިދާތައް

ޑަރމަޓައިޓިސް އާއި މިފަދަ ހަމުގެ ބަލިތަކުން ހަންގަނޑު ފިނިކޮށްދިނުމަށް ވެސް ހަޑޫފެން ބޭނުންކުރެއެެވެ. ހަނޑޫ ފެނުގައި ހިމެނޭ ސްޓާޗް އަކީ އެކްޒީމާ ފަދަ ބަލިތަކުން ސަލާމަތްވުމަށް ހަންގަނޑު ފިނިކޮށްދޭ އެއްޗެއް ކަމަށް ބުނެވެ އެވެ. ހަނޑޫފެން ކޭތުމަށް ސާފު ފޮތިގަނޑެއް ބޭނުންކުރެވިދާނއެވެ.  ދެތިން މިނެޓް ފަހުން ހަންގަނޑު އަމިއްލައަށް ހިކުމަށް ދޫކޮށްލާށެވެ. 

ގިނައިން ބިހި ނަގާ ހުންނަ ހަންގަނޑު ނުވަތަ ބިހި އުފެދޭ ހަންގަނޑު ވެސް ހަނޑޫ ފެނުން ދޮވެ ހަންގަނޑު ފިނިކޮށްދީ ރަނގަޅު ކުރެވިދާނެ އެވެ. 

ހަނޑޫ ފެން ކޮޓަން ވޫލް އިން މޫނުގައި އުނގުޅައިގެން އޭގެ ފަހުން ދެތިން މިނިޓެއްހާއިރު މަސާޖުކޮށްގެން ހަންގަނޑަށް ތާޒާކަން ގެނެވިދާނެއެވެ. ހަގީގަތުގައި ހަނޑޫ ފެނަކީ އޭސްޓްރިންޖެންޓް އަސަރެއް ކުރާ އެއްޗަކަށް ވާއިރު، ތެޔޮކަން ކުޑަކޮށްދީ ހަމުގައި ބިހިނެގުން ފަދަ ކަންކަމުން ސަލާމަތްވެއެވެ.

ރައިސް ފެނުން މުސްކުޅިވުމުގެ އަލާމާތްތައް ކުޑަވޭ:

ރީތިވުމަށް ފަރުވާ ދިނުމަށް އެހެން އެތައް ގޮތަކަށް ހަނޑޫ ފެން ބޭނުން ކުރެވިދާނެ އެވެ. އެއީ އުމުރުން ދުވަސްވީ ސްޕޮޓްތަކާއި ޕިގްމެންޓްޑް ޕެޗްތައް ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެއްވެސް މެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މުސްކުޅިވުމުގެ ފެންނަ އަލާމާތްތައް ލަސްކޮށްދިނުމުގައި އެހީތެރިވެދީ، ހަންގަނޑު ޒުވާން އަދި ވިދާ ގޮތަކަށް ފެންނަން އެހީތެރިވެދެއެވެ.

އެއް ސައިސަމުސާ ހަނޑޫ ފެނާއި ކުޑަ ކާށިތެޔޮ ކޮޅެއް އެއްކޮށްލުމަށްފަހު މޫނާއި ކަރުގެ ހަންގަނޑަށް މަސާޖުކޮށްގެން އެންޓި އޭޖިންގް (މުސްކުޅި ވުމުން ދުރުކޮށްދޭ) ޓްރީޓްމަންޓެއް ދެވިދާނެއެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް