މިއަދު އޮތީ ނ. މަގޫދޫ އަދި ލ. ކަލައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންއެވެ.
ކަލައިދޫގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމްގެ ސަފިއްޔާ ކާމިޔާބުކުރީ އެމްޑީޕީގެ ހުވައިލަތާއި ވާދަކޮށްގެންނެވެ. ސަފިއްޔާއަށް 197 ވޯޓު ލިބުނު އިރު ހުވައިލަތަށް ލިބުނީ 192 ވޯޓެވެ. ނ. މަގޫދޫގެ އަންހެނުންގެ ކޮމިޓީގެ އިންތިހާބު ޕީޕީއެމްގެ ޔުމްނާ ކާމިޔާބުކުރީ 124 ވޯޓުންނެވެ. އެމްޑިޕީގެ ފަރީދާއަށް ލިބުނީ ޖުމްލަ 115 ވޯޓެވެ.