ads
އަރަބިއްޔާގެ ޕްރިންސިޕަލް ޝުޖާއު އަބްދުލް ރަހީމް އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ
އަރަބިއްޔާގެ ޕްރިންސިޕަލް ވަކިކޮށް، ހިންގުން އިސްކަންދަރު ސްކޫލް ޕްރިންސިޕަލް އަށް
އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ދުރުކޮށް، އަރަބިއްޔާގެ ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު އާއި ހަވާލުކޮށްފި އެވެ.
Advertisement

އަރަބިއްޔާގެ ޕްރިންސިޕަލް ޝުޖާއު މަގާމުން ދުރުކޮށްފައިވާއިރު، މާދަމާއިން ފެށިގެން އޭނާ މަސައްކަތްކުރާގޮތަށް ހަމަޖައްސާފައިވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގައެވެ.

އަރަބިއްޔާގެ ބެލެނިވެރިން ބުނިގޮތުން ޝުޖާއު މަގާމުން ވަކިކުރީ އަރަބިއްޔާގެ ބެލެނިވެރިން ކުރިއަށް ގެންދާ ސޭވް އަރަބިއްޔާ ކެމްޕެއިން ހުއްޓުވަން ޝުޖާއު މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ. އެއީ އަރަބިއްޔާ އަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި ޝުޖާއުގެ މަގާމު އަބުރާ އިއާދަކޮށްދިނުމަށް އަރަބިއްޔާގެ ބެލެނިވެރިން ދަނީ ގޮވާލަމުން ނެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ، އެބަދަލު ގެނައީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން ކަމަށެވެ.

”މާދަމާއިން ފެށިގެން އަރަބިއްޔާ ސްކޫލުގެ ހިންގުން ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ހަވާލުކޮށްފައި. ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މި މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް” މިނިސްޓްރީގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

your imageއިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު


އެބަދަލު ގެނައުމުގައި އަރަބިއްޔާ ބެލެނިވެރިން ހިންގަމުންދާ ކެމްޕެއިނާއި އެއްވެސް ގުޅުމެއް ނެތްކަމަށް މިނިސްޓްރީން ބުންޏެވެ. 

މި ބަދަލާއި ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އަދި އެ ނިންމުން އިއާދަކުރުމަށް ބެލެނިވެރިން ދަނީ ގޮވާލަމުން ނެވެ. 

ބެލެނިވެރިން ބުނަނީ، އިސްކަންދަރު ޕްރިންސިޕަލަށް އަރަބިއްޔާ ހިންގަން ނޭނގޭނެ ކަމަށާއި، މީގެ ކުރިންވެސް މިއުޒިކް ޖަހުވަން މަޖުބޫރުކޮށްގެން ބޮޑު ތަޅާފޮޅުމަކަށް ދިޔަކަން ބެލެނިވެރިން ފާހަގަކުރެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް