ads
އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު(ކ)
އިސްކަންދަރު ޕްރިންސިޕަލަކަށް އަރަބިއްޔާ ހިންގާކަށް ނޭނގޭނެ: ބެލެނިވެރިން
އަރަބިއްޔާ ސްކޫލު ހިންގަން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލަށް ނޭނގޭނެ ކަމަށާއި، އަރަބިއްޔާ ހިންގުން ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އާއި އަބުރާ ހަވާލުކުރުމަށް އަރަބިއްޔާގެ ބެލެނިވެރިން ގޮވާލައިފި އެވެ.
Advertisement

ޝުޖާއު މަގާމުން ދުރުކޮށް، އަރަބިއްޔާގެ ހިންގުން މިނިސްޓްރީން މިހާރު ވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު އާއި ހަވާލުކޮށްފަ އެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކޮށް، ބެލެނިވެރިން މިހާރު ދަނީ މުޒާހަރާ ވެސް ކުރަމުން ނެވެ. އަރަބިއްޔާ ބެެލެނިވެރިންގެ ކަންބޮޑުވުންތައް ޓުވިޓާގައި ހިއްސާކުރަމުންދާ އަރަބިއްޔާ ފެމިލީން ބުނީ، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދާއި އަރަބިއްޔާ އާއި ހަވާލުކޮށްފިނަމަ ހިތި ނަތީޖާ އެއް ނިކުމެދާނެ ކަމަށެވެ.

”އިސްކަންދަރު ޕްރިންސިޕަލަކަށް ނޭނގޭނެ އަރަބިއްޔާ ހިންގާކަށް. ކުރިން ފަހަރުވެސް އޮތީ މަޖުބޫރުކޮށްގެން މިއުޒިކް ޖަހުވަން އުޅެގެން ބޮޑު ހަނގުރާމަ އަކަށް ގޮސްފައި، “ އަރަބިއްޔާ ފެމިލީން ބުންޏެވެ.

އަރަބިއްޔާ އަށް އިސްކަންދޭ މިންވަރަކީ އެއީތޯ ސުވާލުކޮށް، ބެލެނިވެރިން ބުނަނީ އެއީ ކުރާ މަލާމާތެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ، އެބަދަލު ގެނައީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން ކަމަށެވެ.

ނަމަވެސް އަރަބިއްޔާގެ ބެލެނިވެރިން ބުނިގޮތުން ޝުޖާއު މަގާމުން ވަކިކުރީ އަރަބިއްޔާގެ ބެލެނިވެރިން ކުރިއަށް ގެންދާ ސޭވް އަރަބިއްޔާ ކެމްޕެއިން ހުއްޓުވަން ޝުޖާއު މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.

އަދި މިނިސްޓްރީން އަރަބިއްޔާއަށް ވަޑައިގެން މެނޭޖުމެންޓާއި ބައްދަލުކޮށް ބެލެނިވެރިންނާއި، އެތަނުގެ މުވައްޒަފުންނަށް ބިރުދައްކަން އުޅޭކަން ފާހަގަކޮށް މުވައްޒަފުންނަށް ކުރާ އުނދަގޫ ހުއްޓާލައި ރިވެތިގޮތުގައި މަޝްވަރާގެ ރިވެތި އުސޫލުން ކުރިއަށް ދިއުމަށް އެއްބާރުލުން ދިނުމަށްވެސް ބެލެނިވެރިން ވަނީ މިނިސްޓްރީއަށް ގޮވާލާފައެވެ. 

 

އަރަބިއްޔާގެ ޕްރިންސިޕަލް މަގާމުން ދުރުކުރުމަކީ އަރަބިއްޔާ އަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަން ފާހަގަކޮށް ޝުޖާއުގެ މަގާމު އަބުރާ އިއާދަކޮށްދިނުމަށް އަރަބިއްޔާގެ ބެލެނިވެރިން ދަނީ ގޮވާލަމުން ނެވެ.

ރަބިއްޔާގެ ޕްރިންސިޕަލް ޝުޖާއު މަގާމުން ދުރުކޮށްފައިވާއިރު، މާދަމާއިން ފެށިގެން އޭނާ މަސައްކަތްކުރާގޮތަށް ހަމަޖައްސާފައިވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގައެވެ.

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް