ads
އަތް ދަބަސް
ދުނިޔޭގެ އެންމެ އަގުބޮޑު އަތް ދަބަސްތައް
އަގުބޮޑެތި އެއްޗެހި ގެންގުޅުމަކީ ބައެއް މީހުން ކުރާހިތްވާކަމެކެވެ. އެއްބަޔަކަށް އެއީ "ޓްރެންޑް" އެއްކަމަށް ވާއިރު، އަނެއްބަޔަކަށް އެއީ އިސްރާފެކެވެ.

ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ތިން އަތްދަހަށް މިހާތަނުން ބަލައިލާނަަމެވެ. 

3. ހެރްމީސް: ހިމާލަޔަން ކްރޮކޮޑައިލް ބިރކިން ދަބަސް – 432،000 ޑޮލަރު

your imageހިމާލަޔަން ކްރޮކޮޑައިލް ބިރކިން ދަބަސް 

މި ދަބަހަކީ ކިނބުލުގެ ހަމާއި ހުދު ރަން، އަލިމަސް އަދި ހިމާލަޔާން މާވަހަރެވެ.  މި އެކްސްކްލޫސިވް ދަބަސް ޑިޒައިންކޮށް އުފެއްދުމުގައި ޑިޒައިނަރު ޕިއެރޭ ހާޑީ 2 އަހަރު ހޭދަކޮށްފައިވާ ކަމަށް ބުނެވެއެވެ. މީގެ އުފައްދާފައިވަނީ އެންމެ ތިން ދަބަހެވެ. 

2. ހެރްމީސް: ގިންޒާ ޓަނާކާގެ ބިރކިން ބެގް – 1.9 މިލިއަން ޑޮލަރު

your image ގިންޒާ ޓަނާކާގެ ބިރކިން ބޭގް 

މި ދަބަހަކީ ޖަޕާނުގެ އުބާ ހުނަރުވެރި ޑިޒައިނަރު ގިންޒާ ޓަނާކާ ފަރުމާކޮށްފައިވާ ހަރމިސް ބިރކިން ބޭގް އެވެ. ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ އަގުބޮޑު މި ދަބަހަކީ ޓައިޓެނިއަމް އިން އުފައްދާފައުވާ ދަބަހެކެވެ. މި ދަބަހުގައި 2،000 އަށް ވުރެ ގިނަ ޖަވާހިރު ހިމެނެ އެވެ. މި ދަބަހުގެ ބައެއް ބައިތައް ފަރުމާކޮށްފައިވަނީ އަތުގައި އަޅާ ތަނޑިއާއައި ނުވަތަ ކަރުގައި އަޅާ ފަށް ގޮތުގައި ވެސް ބޭނުންކުރެވޭ ގޮތަށެވެ.  އަދި މި ދަބަހުގައި ސެންޓަރ ޕީސް 8 ކެރެޓްގެ ޕެއާ ޝޭޕްޑް ޖަވާހިރެއް ވެސް ހިމެނޭއިރު، މި ޖަވާހިރު ވެސް ދަބަހުން ވަކިކުރެވިދާނެއެވެ. 


1. މައުވާދު: 10001 ނައިޓް ޑައިމަންޑް ޕާސް – 3.8 މިލިއަން ޑޮލަރު

your image 10001 ނައިޓް ޑައިމަންޑް ޕާސް 

މިއީ ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ދަބަހެވެ.  ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ވަނީ މޮއުވާދުގެ 1001 ނައިޓް ޑައިމަންޑް ޕާރސް އަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަތްދަބަހުގެ ގޮތުގައި ސެޓްފިކެޓް ދީފައެވެ. މި ތަފާތު މާސްޓަރޕީސް އަކީ 10 ޕްރޮފެޝަނަލް އާޓިޒަނުންގެ މަސައްކަތެވެ. ދަބަސް ތައްޔާރުކުރުމަށް ގާތްގަނޑަކަށް 8،800 ގަޑިއިރު ހޭދަވިއެވެ. 18 ކެރެޓްގެ ރަނުން ފަރުމާކޮށްފައިވާ މި ހިތުގެ ބައްޓަމަށް ހަދާފައިވާ މި ޕާރުހުގައި 56 ޕިންކް ޑައިމަންޑާއި 105 ރީނދޫ ޑައިމަންޑާއި ތަފާތު 4،356 ކުލައެއް ނެތް ޑައިމަންޑް ހިމެނެ އެވެ. ޖުމްލަކޮށް ބަލާއިރު މިއީ ޖުމްލަ 381.92 ކެރެޓް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް