ads
ޝާހިދު އަދި ރައީސް ސާލިހް
އަބްދުﷲ ޝާހިދުގެ ސަޕޯޓް ރައީސް ސާލިހަށް
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެންޑޯޒް ކުރައްވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަ ނުކުރައްވާނެ ކަމާއި އަދި ޕްރައިމަރީގައި އަބްދުﷲ ޝާހިދު ތާއީދު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްކަން ޝާހިދު ހާމަ ކުރެއްވީ އަދަދު ނޫހަށް ދެއްވި އިންޓަވިޔުއެއްގައެވެ. އަބްދުﷲ ޝާހިދާ ހަވާލާދީ އަދަދު ނޫހުންވަނީ އެ ހަބަރު ރިޕޯޓްކޮށްފައެވެ.

"އަޅުގަނޑު [ޕްރައިމަރީގައި] ވާދައެއް ނުކުރަން. ތާއިދު ކުރަނީ ރައީސް ސޯލިހަށް،"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިދިޔަ އޮކްޓޫބަރު މަހު ބާއްވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު ބެލެވެނީ ޕްރައިމަރީ އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުލް ސައްތާރު ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބޭއްވޭނެ ތާރީހެއް، ޕާޓީގެ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މަސައްކަތްޕުޅުތައް ދިވެހިން ބަލައިގެންފި ކަމަށާއި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރިންވަނީ ވިދާޅުވެފައެވެ. ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުން އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުފުޅެއްގައި އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިޔުއެއްގައެވެ. އިންޑިޔާގެ "ދަ ޕްރިންޓް"އާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް ސޯލިހުގެ އާދަޔާ ހިލާފު ލީޑަޝިޕް ދިވެހިން ބަލައިގެންފައިވާ ކަމަށެވެ.  

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް