އެޗްޕީއޭއިން އާއްމު ކުރި ސްޓެޓިސްޓިކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ކޭސްތައް ވަނީ 77 އިންސައްތަ އިތުރުވެފަ އެވެ. ސެޕްޓެމްބަރު މަހު 185 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ މަހު އެ އަދަދުވަނީ 328 ކޮވިޑް ކޭސްއަށް އިތުރުވެފައެވެ.
އެޗްޕީއޭގެ ރަސްމީ މައުލޫމާތު ތަކުން އެނގޭ ގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް 84 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ. ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 185000 އަށްވުރެ މައްޗަށް އަރާފައިވާއިރު، 308 މީހުންވަނީ ކޮވިޑުގައި ނިޔާވެފައެވެ.