ads
މާއުނގޫދޫ ޒުވާނާގެ އޮޕަރޭޝަން - ފޮޓޯ: ކޭއާރުއެޗް
މާއުނގޫދޫގައި ބަނޑަށް ވަޅި ހެރުނު ޒުވާނާގެ ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް
ށ. މާއުނގޫދޫގައި ރޭ ތިން ޒުވާނެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ބަނޑަށް ވަޅި ހެރުނު ޒުވާނާގެ ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ރޭ ފަތިހު 5:00 ގައި އެ ޒުވާނާވަނީ ހާލު ސީރިއަސްވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް އަވަސް ފަރުވާދޭން ފަށައިފައެވެ.

މިވަގުތު ކޭއާރުއެޗުގައި ލެޕްރޮސްކޯޕިކް ސާޖަރީތައް ކުރިޔަށް ގެންދިއުމަށް ވަޑައިގެން ތިއްބެވި އައިޖީއެމްއެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމާއި އަދި ކޭއާރުއެޗުގެ ސާޖަރީ ޑިޕާރޓްމެންޓުން، އެ ޒުވާނާގެ ސީޓީ ސްކޭން ހަދައި، ފާހަގަވި ކަންތައްތަކަށް ބަލައި، އެ ޒުވާނާގެ ބަނޑު ބޮޑަށް ކަފާނުލައި ކެމެރާގެ ޒަރީއާއިން އިތުރަށް ބެލިބެލުމުން، ފަލަ ގޮހޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އޮޕަރޭޝަނެއް ކުރުމަށް ނިންމިއެވެ.

ތިންގަޑި އިރަށްފަހު މިހާރުވަނީ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލެވިފައިކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ނަމަވެސް، ފުރަތަމަ 24 ގަޑިއިރު އޮބްޒަވޭޝަންގައި އައިސީޔޫގައި ބޭއްވުމަށް ނިންމާފައިވާ ކަމުގައިވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އުމުރުން 31 އަހަރުގެ މިޒުވާނާގެ ގޮހޮރަށް ލިބުނު އަނިޔާއާ ގުޅިގެން ގޮހޮރުން ބައެއް މި އޮޕަރޭޝަނުގައި ބުރިކޮށްލާފައިވެއެވެ. އަދި 2 މަސް ދުވަސް ފަހުން އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭނެ ކަމުގައި ޑޮކްޓަރުންވަނީ އިރުޝާދު ދެއްވާފައެވެ. 

މި އޮޕަރޭޝަނުގައި އައިޖީއެމްއެޗްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔާ ކޮންސަލްޓަންޓް އިން ޖެނަރަލް ސާޖަރީ، ޑރ އަބްދުﷲ އުބައިދު މޭޖާ ސާޖަންއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދު، އައިޖީއެމްއެޗްގެ ފަރާތުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ކޮންސަލްޓެންޓް ސާޖަން ޑރ. ކާމިލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސާރޖަން، ޑރ. ޚާލިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް