ads
ކާސްޓާ އޮއިލް
ކަސްޓަ އޮއިލް އިން އިސްތަށިގަނޑު ދިގުވެ، އިސްތަށި އިތުރުވޭތަ؟
ކަސްޓަ އޮއިލް އިން އިސްތަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލައިލާނަމެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ކާސްޓާ އޮއިލް އަކީ އިސްތަށިގަނޑު ދިގުކޮށް އިތުރުކޮށްދޭ އެއްޗެކެވެ. ނަމަވެސް ކާސްޓަރ އޮއިލް އަކީ އިސްތަށިގަނޑު ދިގުކުރުމާއި، ބޮލުގައި އިސްތަށި އިތުރުކޮށްދޭ އެއްޗެއް ނޫންކަމަށް ތަޖުރިބާ ކާރުން ވިދާޅުވެއެވެ. ނަމަވެސް މި ތެލަކީ އިސްތަށިގަނޑަށް އެހެނިހެން ގިނަ ފައިދާތަކެއް ލިއްބައިދޭ ތެލެކެވެ.

މި ތެޔޮ ބޮޑަށް ބޭނުންކުރަން ރަނގަޅީ ކޮނޑިޝަނަރެއްގެ ގޮތުގައެވެ. 

ކަސްޓަރ އޮއިލްގެ ފައިދާތައް:

ހިކި ހަންގަނޑާއި އިސްތަށިގަނޑު ތެތްކޮށްދެއެވެ: ކަސްޓަރ އޮއިލްގައި ވިޓަމިން އީ އާއި ފެޓީ އެސިޑް ގިނައިން ހުރުމުން އެއީ ގުދުރަތީ ގޮތުން އިސްތަށިގަނޑުގެ ކޮލެޓީ ރަނގަޅުކޮށްދޭ އެއްޗެކެވެ. މި މޮލިކިއުލް ކުޑަކަމުން އިސްތަށިގަނޑާއި ހަންގަނޑަށް ވެސް ވަދެ، މަޑުމައިތިރި އަދި އޮމާން އިހުސާސް ކުރެވެއެވެ. 

ބޮލުގެ ހަންގަނޑު ކެހުން ކުޑަކޮށްދޭ: ކަސްޓަރ ތެލުގައި އެންޓި-އިންފްލެމެޓަރީ އަދި އެންޓި-މައިކްރޮބިއަލް ޕްރޮޕަޓީސް ހުރުމުން، ބޮލުގައި ހަންފޮޅުމާ އާއި އެކްޒީމާ އިން ހިރުވާ ހިރުވުން ކުޑަކޮށްދޭން އެހީތެރިވެދެއެވެ. 

އިތަށި ގަނޑުގެ ތެތްކަން އިތުރުކޮށްދޭ: ބޮލުގެ އިސްތަށިގަނޑުގައި ކަސްޓަރ އޮއިލް ބޭނުންކުރުމަކީ އިސްތަށިގަނޑު ފަޅައިގެން ގޮސް ގެއްލުން ލިބިގެން ދިއުން ހުއްޓުވައިދެއެވެ. ކަސްޓަރ އޮއިލް އަކީ ހައިޑްރޭޓަރެއްގެ އިތުރުން ހިއުމެކްޓެންޓެއް ވެސް ކަމުން، ފެނުން އިސްތަށިތައް ސީލްކޮށްގެން ހަންގަނޑާއި އިސްތަށިގަނޑުގެ ތެތްކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.

އިސްތަށިގަނޑާއި ހަންގަނޑަށް ވިދުން އިތުރުކޮށްދޭ: ހިއުމެކްޓެންޓް ޕްރޮޕަޓީތަކުގެ ސަބަބުން އިސްތަށިގަނޑަށް ވެސް ވިދުން ލިބިގެން ދެއެވެ.  ހަނގަޑަށްވެސް ވިދުން ގެނެސް ތާޒާކޮށް ބަހައްޓައިދެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް