ads
މެޑަމް ނަސްރީނާ އިބްރާހީމް
ނޮވެންބަަރު ތިނެއްގެ ހަނދާން މެޑަމް ނަސްރީނާގެ ދުލުން
ތިނެއް ނޮވެންބަރު 1988 ގެ އުދުވާނީ ހަމަލާގެ ވާހަކަތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކިޔައި ދެއްވައިފިއެވެ. ބެލެވޭ ގޮތުގައި މިއީ އާއްމު ބައްދަލުވުމެއްގައި މެޑަމް ނަސްރީނާ މި ވާހަކަތައް ކިޔައި ދެއްވި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެ ރޭ ރައީސް މައުމޫން އިސްކޮށް ހުންނަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓުން ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި މެޑަމް ނަސްރީނާވަނީ ނޮވެންބަރު ތިނެއްގައި އެ ކަމަނާ ތަޖުރިބާ ކުރެއްވި ކަންކަމުގެ ހަނދާންތައް ވަރަށް ތަފްސީލްކޮށް ކިޔައި ދެއްވާފައެވެ. 

އެކަމަނާ ވިދާޅުވި ގޮތުގައި ބާޣީން ރާއްޖެއަށް އެރި ދުވަހުގެ ކުރީރޭ އެކަމަނާ ނިދީ މެންދަންވީ ފަހުން ކަމަށެވެ. އެ ދުވަހު އުޅުއްވީ ހަގު ދަރިކަލުން ޣައްސާން މައުމޫން ގެންގުޅުއްވި ސްޓޭމްޕް އަލްބަމެއް ހިފައިގެން ކަމަށާއި އަދި ފަހުން ރައީސް މައުމޫން އުޅުއްވީ ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ސްޕީޗް ތައްޔާރު ކުރެއްވުމުގައި ކަމަށެވެ. 

ބަންގީގެ އަޑު އިވެން ފެށުމާއެކު ކުއްލިއަކަށް އެ އަޑު ކެނޑުނު. ހީވީ މީހަކު މުދިންބެގެ ކަރުގައި ހިފިހެން. މިސްކިތްތަކުން ބަންގީގެ އަޑު ނުއިވި އެއް ދުވަސް ދިޔަ އެއީ އަޅުގަނޑު ވަރަށް ދެރަވި ވަގުތެއް: މެޑަމް ނަސްރީނާ އިބްރާހިމް

އެކަމަނާ ވިދާޅުވީ މި ވާހަކަތައް ކިޔައި ދެއްވީ ތާރީހަށްޓަކައި އެ ވާހަކަތައް ކިޔައިދެއްވަން ޖެހޭ ކަމަށެވެ. 

އެމްއާރުއެމުން ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައި ނޮވެންބަރު ތިނެއްގައި ސިފައިންގޭގައި މަސައްކަތް ކުރެއްވި ބައެއް އޮފިސަރުންނާއި އަދި މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު- ޔޫސޭ އޭނާގެ ހަނދާންތައްވެސް ކިޔައި ދެއްވިއެވެ. 

އެމްއާރު އެމުން ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މައުމޫންވެސް ވާހަކަ ދެއްކެވިއެވެ. 

47%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް