ads
އަލިފާން ހިނގި ސަރަހައްދަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަނީ
އަލިފާނުގެ ހާދިސާ: ރައީސް ވައުދުވީ ގަރާޖުތައް ބަދަލުކުރަން
ރޭ ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގަރާޖުތައް މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވާ މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ރައީސް ސޯލިހް ވިދާޅުވީ، އެފަދަ ހާދިސާތައް ހިނގައި މައިގަނޑު ސަބަބަކީ މާލޭގައި ތޮއްޖެހުން ބޮޑުވުމުން ކަމަށެވެ.

އެފަދަ ހާދިސާތައް މަދުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކަށް އޮތީ މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނައުން ކަމަށާއި، ދެވަނަ އަށް ކުރަން އޮތް ކަމަކީ ގަރާޖާއި ވޯކްޝޮޕްތައް ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. 

މީގެ ކުރިން އަަބަދަށް ފެހިމަގުގައި ހިނގި ހިތާމަވެރި ހާދިސާއަށްފަހުވެސް ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދުތައް ބަދަލުކުރައްވަން ރައީސް ސޯލިހް ވައުދުވިއެވެ. ނަމަވެސް އަނެއްކާވެސް އެޔަށްވުރެ ހިތާމަވެރި ހާދިސާއެއް ހިނގައިދިޔައިރު، ސަރުކާރަށް އެންމެ ރަނގަޅަަށް އެކަން ތަފްޒީކުރެވުނުތޯ ނޫސްވެރިން ސުވާލުކޮށްފައި ވެއެވެ.

ރައީސް ވިދާޅުވީ، އެފަހަރުވެސް އެކަން ވީއިރު ތިރީގައި ކެމިކަލް ގުދަނެއް ހުރިއިރު އެއީ ގާނޫނުގައި މަނާ ކަމެއް ކަމަށެވެ. އެހާދިސާއަށްފަހު މާލޭގައި ހުރި ހުރިހާ ގުދަންތަކެއް ވާނީ ބަދަލުކޮށްފައި ކަމަށާއި މިހާރު މާލޭގައި ކެމިކަލް ގުދަނެެއް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

”އޭރު މާލޭގައި ހުރި ހުރިހާ ކެމިކަލް ގުދަނެއް ބަދަލުކުރިން. އެހެންވީމައި މިހާރު މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް ނުހުންނާނެ، ހުރެގެނެއް ނުވާނެ. ނުހުންނާނެ އަޅުގަނޑަށް ޔަގީން، އެކަން ދަނީ ޗެކްކުރަމުން. ދެން ހުރީ ތިވިދާޅުވާހެން ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރުން. އެއީ ކުރަން ޖެހިފައި އޮތް ކަމެއް، ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކެމިކަލް ގަރާޖުތައް އަދިވެސް މާލޭގައި ހުރިތޯ ޗެކް ކުރައްވާނެ ކަމަށެވެ. އަދި ހުރެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެކިކަހަލަ މަސައްކަތްތައް އެމަސައްކަތަކާއި ގުޅޭ ސަރަހައްދެއްގައި ކުރެވޭނެ ގޮތް ހަމަޖައްސައި ގަރާޖުތަކާއި ވޯކްޝޮޕްތައް ގުޅީފަޅާއި ތިލަފުށީގެ މަޝްރޫއުގައި ހިމަނާފައިވާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް