ads
އައި.ޔޫ.ޔޫގެ ރައީސްއާ އެކު ރައީސް ސާލިހް
އައި.ޔޫ.ޔޫގެ ރައީސްއާ ރައީސް ސާލިހް ބައްދަލު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސް (އައި.ޔޫ.ޔޫ.) ގެ ރައީސް ޕްރޮފެސަ ޑރ މުޙައްމަދު ހައިރް އަލް-ގަބާނީއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި، އެޔޫނިއަންގެ އިސްއެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސާއި އެބޭފުޅާއާއެކު މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އައި.ޔޫ.ޔޫ. ގެ ރައީސް ޕްރޮފެސަ އަލް-ގަބާނީ ވަނީ، އެޔޫނިއަންގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެޔޫނިއަނުން ބާއްވާފައިވާ ކޮންފަރެންސް ތަކާއި ސެމިނާރތަކުގެ މައުލޫމާތު ހިމެނޭ ލުއިފޮތަކާއި، އުސްމާނީ ހިލާފަތުގެ ޒަމާނުން ފެށިގެން ބޭސްވެރިކަމުގެ ރޮނގުން ތުރުކީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ފޮތެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައެވެ. އަދި އެޔޫނިއަންގެ ފަރާތުން ހާއްސަ ހަނދާނީ ފިލައެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.

މިބައްދަލުވުމުގައި، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސް ވަނީ އެޔޫނިއަންގެ ފަރާތުން، އިސްތަންބޫލްގައި މިނޮވެންބަރު މަހުގެ 24 އިން 27އަށް ބޭއްވުމަށް ހަމަޖެހިފައިވާ، 9 ވަނަ "އޯ.އައި.ސީ. ހަލާލް އެކްސްޕޯ" ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދައުވަތު އަރުއްވާފައެވެ. އަދި އަންނަ އަހަރު މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން މިބައްދަލުވުމުގައި އައި.ޔޫ.ޔޫ. އިން ވަނީ ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާކޮށް ސިއްހީ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް މުހިންމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް މި އެކްސްޕޯގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެކަމަށް އައި.ޔޫ.ޔޫ. އިން މަޢުލޫމާތު ދެއްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް