ads
މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ---
ރީކޯ އަށް ޖަލުތަކުގައި ކުރި އަނިޔާއަށް ފިލްމެއް ހަދަނީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި މުސާ މަނިކު (ރީކޯ) އަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރި އަނިޔާތަކަށް ފިލްމެއް ހަދޭތޯ ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
Advertisement

ކުރީގެ ދިވެހި ފިލްމީ ތަރި ރީކޯ މިހެން ވިދާޅުވީ، ނޮވެންބަރު 3 ވަނަ ދުވަހުގެ އުުދުވާނީހަމަލާ ރަނގަޅު މައުޞޫއީ ދިރާސާއެއް ހަދައި ކިޔަވާކުދިންގެ މުޤައްރަރުތަކުގައި ހިމެނުމަށް ރައީސް މައުމޫނު ގޮވާލައްވާ ޓުވީޓެއް ކުރެއްވުމުންނެވެ. 

އެމްޑީޕީން ވަކިވުމަށްފަހު ދާދި ފަހުން އަނެއްކާވެސް އެ ޕާޓީއާއި ގުޅިވަޑައިގެންނެވި ރީކޯ ވިދާޅުވެފައިވަނީ، ޖަލުތަކުގައި މީހުނަށް ރައީސް މައުމޫނު ކުރެއްވި އަނިޔާގެ ވަރަށް ތަފްސީލު ހަގީގީ ހާދިސާއެއް ލިޔުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެ ހާދިސާ ވެސް ކިޔަވާ ކުދިންގެ މުގައްރަރަށް ލައިދިނުމަށް ރީކޯ ވަނީ އެދިލައްވާފައެވެ. 

"ދޫނިދޫ ޖަލާ، ގިރިފުށީޖަލާ، ގާމާދުޖަލުގަ އަޅުގަނޑަށް ލިބުނު އަނިޔާއަށް ފިލްމެއް ވެސް ހެދޭތޯ މިބަލަނީ، އެ މާޒީ ފޮހެލާގެން ނުވާނެ ނޫންތޯ؟" ރިކޯ މޫސަ ރައީސް މައުމޫނަށް ދެއްވި ރައްދުގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ބައެއް ހަފްލާތަކުގައި ވާހަކަ ދައްކަވަމުން ރީކޯ ވަނީ އޭނާއަށް ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ވިދާޅުވެފައެެވެ. އެގޮތުން އަނދަގޮނޑި ޖެހުމާ އާނުތައް މަތީގައި ދެމުން ފަދަ އަނިޔާވެސް އޭނާއަށް ދީފައިވާކަމަށް ތުހުމަތުކުރައްވައެވެ. 

މި ޓުވީޓަށް ރައްދު ދިން ބައެއް މީހުން ވަނީ ރީކޯ މޫސަ އަށް ވެސް ފާޑު ކިިޔާފައެވެ. އެގޮތުން ރީކޯއަށް ރައްދުދެމުން މީހަކު ބުނެފައިވަނީ "އެކްޓުކުރަން ވެސް މޮޅު" ކަމަށެވެ. އަދި އެކަކު ބުނެފައިވަނީ މިހާރު ވެސް ޖަލުތަކުގައި މީހުން މަރުވާކަމަށެވެ. 

ރީކޯ އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޗެއާޕާސަން ރީކޯ މޫސާ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ، އެ ޕާޓީއާއި ޕާޓީގެ މެންބަރުންނަށް ލިބުއިތުރު ހިތްވަރެއް ކަމަށެވެ. އަދި ރައީސް ވިދާޅުވީ މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް