ads
ހަށިގަނޑުތައް އިމާރާތުން ނެރެގެން ގެންދަނީ——ފޮޓޯ: ދައުރު
މަރުވި 10 މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑުން އެއީ ކާކުކަން ދެނައެއް ނުގަނެވުނު
މާފަންނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުން އެެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބުދަ ދުވަހުގެ  ރޭ 00:30 ހާއިރު މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީންގެ 10 މީހަކު ވަނީ މަރުވެފަ އެވެ.

ފުލުހުން މިއަދު ބުނިގޮތުން މަރުވެފައިވާ މީހުންގެ ތެރެއިން ކާކަން ދެނެގަނެވިފައިވަނީ ނުވަ މީހުންގެ އެވެ. އެކެއްގެ ހަށިގަނޑުން އެއީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ.

މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެގަނެވިފައިވަނީ:

  • އިންޑިއާގެ 3 އަންހެނެއްގެ
  • އިންޑިއާގެ 4 ފިރިހެނެއްގެ
  • ބަގްލަދޭޝް 1 އަންހެނެއްގެ
  • ބަގްލަދޭޝް 1 ފިރިހެނެއްގެ

ފުލުހުން ބުނިގޮތުން ކާކުކަން ދެނެގަނެވިފައި ނުވާ ހަށިގަނޑަކީ ފިރިހެނެއްްގެ ހަށިގަނޑެވެ.

އެ ހާދިސާގައި މިހާތަނަށް 10 މީހެއް މަރުވެފައިވާކަން ކަށަވަރުކުރެވިފައި ވާއިރު، އެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. 

އެހެންކަމުން، މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިންފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ނިރުފެހި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ރޭ 00:30 ހާއިރު އެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 4:30 ހާއިރު އެވެ. މީހުން ރެސްކިއު ކުރުމުގެ މަސައްކަތުގައި އެގޭތެރެއިން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނުނުއިރު ދެމީހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. އޭގެތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް މަރުވިއިރު، އަނެކަކަށް ބުދަ ދުވަހުގެ ރެއިން ފެށިގެން މިވަގުތުވެސް ދަނީ ސީރިއަސް ހާލަތުގައި ފަރުވާދެމުން ނެވެ. އެއީ ބަގްލަދޭޝް މީހެކެވެ.

ފަޔަ އެންޑް ރެސްކިއުޓީމުގެ ކޮމާންޑަންޓް ކާނަލް އިބްރާހިމް ރަޝީދު އެ ސަރަހައްދުގައި ހުންނަވާ އިއްޔެ މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވިގޮތުން، އެ ހާދިސާ ހިނގި ގޭގައި އިންޑިއާ، ބަގްލަދޭޝް، އަދި ސްރީލަންކާ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް