ads
އަލްހާފިޒް އަމަން އަހްމަދު އާތިފް
ހާފިޒުކަމުގެ މެޑަލް މިއަހަރު ހާސިލްކުރި އެންމެ ހަގު ހާފިޒަކަށް ކުޑަކުޑަ އަމަން
ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒަކަށް ރައީސް ދެއްވާ ހާއްސަ މެޑެލް މިރޭ އޮތް ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި އެރުވިއިރު، އެންމެ ހަގު ހާފިޒަކަށް ހުރީ ބ. ހިތާދޫ، ޑޭޒީމާގެ އުމުރުން އެންމެ އަށް އަހަރުގެ އަލްހާފިޒް އަމަން އަހްމަދު އާތިފް އެވެ.
Advertisement

އަމަން އަކީ އުމުރުން ވަރަށް ތުއްތު އިރުންފެށިގެން ޤުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި ކުއްޖެކެވެ. 

ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު އަމަންގެ ގައިގާ ހުރިކަން އޭނާގެ ބެލެނިވެރިންނަށް ފާހަގަކުރެވިގެން ޤުރުއާން ހިތު ދަސްކުރުވުމުގެ މަސައްކަތް ފެށީ ގޭގައެވެ. އޭރު އަމަންގެ އުމުރުން އެންމެ ފަސް އަހަރެވެ.

your imageއަމަން މަންމައާއި ބައްޕަ އާއިއެކު ރައީސް އޮފީހުގައި

އެއް އަހަރުތެރޭ، އުމުރުން އެންމެ 6 އަހަރާއި 9 މަހުގައި އަމަން ޤުރުއާން ހިތުދަސްކޮށް ނިންމާލި އެވެ. އެޔަށްފަހު ދެން ފެށީ އެކްސެލް އިންޓަނޭޝަނަލް ސްކޫލުގައި ޤުރުއާން މުރާޖާ ކުރުމުގެ މަސައްކަތެވެ. 

ކުޑަކުޑަކުޑަ އަމަން ހާފިޒުކަމުގެ ސަނަދު ހާސިލުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

އަމަން ޤުރުއާން މުރާޖާކުރި އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ދަސްވެނިވެފައިވަނީ 2021 ވަނަ އަހަރު އެވެ. އެ ސްކޫލުން ބުނިގޮތުގައި، އެއަހަރު އަމަންގެ ޤުރްއާން މުދައްރިސަށް ކީރިތި ޤުރްއާންގެ 30 ފޮތް އެއްކޮށް ހިތުދަސްކޮށްފައި ކިޔައިދިނެވެ.

”އެކަންފާހަގަކޮށް އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން އަމަން ދަސްކުރި ކޮންމެ ފޮތަކަށް ޓްރޮފީއެއް (30 ޓްރޮފީ) އަމަންއަށް ދިން، މާތް ﷲ އަމަންއަށް އިތުރު ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރައްވާށި، އާމީން “ އެކްސެލް އިން ބުންޏެވެ.

ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކުރުމުން މިދިޔަ އަހަރުގެ ޖުލައި މަސްތެރޭ އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ޓްރޮފީ އަމަންއާއި ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ. 

އަމަންގެ އިތުރުން މި އަހަރު ހާފިޒުކަމުގެ މެޑަލް ހާސިލުކުރި 13 ހާފިޒުންގެ ތެރެއިން ގިނައީ ހަގު އުމުރުގެ ހާފިޒުން ނެވެ. ނަމަވެސް އަަމަން އަކީ އޭގެ ތެރެއިންވެސް އެންމެ ހަގު އަދި މިއަހަރުގައި އެމެޑަލް ހާސިލުކުރި އެންމެ ހަގު ހާފިޒެވެ. 

83%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް