ads
އިސްތަށިގަނޑުގައި ކުލަޖެއްސުން:
ކުލަޖެއްސުމުން އިސްތަށިގަނޑު ހަލާކުވޭތަ؟
އިސްތަށިގަނޑު ހަލާކުވުމަކީ ގިނަބަޔަކަށް ދިމާވާ މައްސަލައެކެވެ. ގިނަފަހަރު އިސްތަށިގަނޑު ހަލާކުކޮށްލެވެނީ ތިމާއަށް ކުރެވޭ ކަމަކުންނެވެ.
Advertisement

އިސްތަށިގަނޑުގެ ކޮލެޓީ ރަނގަޅުކުރުމަށް ގިނަ ކަންތައްތަކެއް ވެސް ކުރެވިދާނެއެވެ. ނަމަވެސް އާންމުކޮށް ތިމާ ކުރާ ބައެއް ކަންކަން ރަނގަޅުކޮށްލުމަކީވެސް އިތަށިގަނޑުގެ ކޮލެޓީ ރަނގަޅުކުރުމަށް ކުރެވިދާނެބައެއް ކަންކަމެވެ. 

ދުވަހަކުވެސް އިސްތަށިގަނޑުގައި ކުލަ ޖެއްސިން ހެއްޔެވެ؟ ތިބާގެ ބްލޯ ޑްރައިއަރ އަށް ގިނަ ވަގުތު ހޭދަކުރަންހެއްޔެވެ؟ އިސްތަށިގަނޑު ކޮށަންހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ކޮށްފައިވާނަމަ ތިބާގެ އިސްތަށިގަނޑަށް ކޮންމެވެސް މިންވަރަކަށް ހުންނާނީ ގެއްލުން ލިބިފައެވެ. 

"އިސްތަށިގަނޑު އޭގެ ފޮލިކަލް އިން ދުރުކޮށްލާ ކޮންމެކަމަކީ ހަށިގަނޑުން ބޭރުގެ އެއްޗަކާ އިސްކުރިމަތިލާން ޖެހޭ ފަހެރެއް. މިއިން ކޮންމެ ފަހަރަކު އިސްތަށިތަކަށް ގެއްލުންވާނެ،" ނިއުޔޯކުގެ، ފިލިޕް ކިންގްސްލީގެ ކޮންސަލްޓަންޓް ޓްރައިކޮލޮޖިސްޓް އަނަބެލް ކިންގްސްލީ ވިދާޅުވި އެވެ.

އިސްތަށިގަނޑަށް ލިބޭ ކޮންމެ ގެއްލުމަކީ ވެސް އަލުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެކެވެ.

ނަމަވެސް އަދި މާޔޫސް ނުވާށެވެ. އިސްތަށިގަނޑަށް ރަނގަޅަށް އޯގާތެރިކަމާއެކު ހިތައިގެން އިސްތަށިގަނޑުގެ ގުދުރަތީ ރީތިކަން ގެނެވިދާނެއެވެ. 

"އިސްތަށިގަނޑުގެ ކުލަ ހިފެހެއްޓުމަށްޓަކައި ކުލައިގައި ހުންނަ ކެމިކަލްތަކުން ކޮންމެވެސް ވަރެއްގެ ގެއްލުމެއް ދޭން ޖެހޭ،" އެމެރިކާގެ ނިއުޔޯކުގެ، ޝޭފާ ކްލިނިކުގެ ކޮސްމެޓިކް ޑަރމަޓޮލޮޖިސްޓެއް އަދި ސާޖަން ޑރ. ޑެންޑީ އެންގަލްމަން، ވިދާޅުވެފައިވެއެވެ.

އިސްތަށިގަނޑުގައި ކުލަޖެއްސުމަށް ބްލީޗު ބޭނުންކޮށްގެން އިސްތަށިގަނޑު އެނެމް ބޭރުގައިވާ ލޭޔަރު ހަލާކުކޮށްލައެވެ. މިގޮތަށް ގިނައިން ބޭނުން ކުރަނީ އެމޯނިއާއެވެ. އިތަށިގަނޑުގައި ޖައްސާ އައު ކުލަ ހަރުކުރުމަށް ވެސް ގިނަ ކެމިކަލްތަކެއް ބޭނުންކުރެއެވެ. 

ވަރަށް ހޫނު ފެން އިސްތަށިގަނޑަށް ނޭޅުން: 

އާދަޔާހިލާފަށް ހޫނުފެން އިސްތަށިގަނޑަށް އެޅުމަކީ ހަލާކުވެފައިވާ އިސްތަށިތައް އިތުރަށް ހަލާކުވާނެކަމެކެވެ. އެންމެ ހޫނުފެން އިސްތަށިގަނޑަށްއެޅުމުގެ ބަދަލުގައި އެންމެ މަޑު ހޫނެއްގައި ހީޓަރު ބަހައްޓާށެވެ. ހޫނުމަތިކުރާނީ ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައެވެ. 

ރަނގަޅު ފުނަލެއް ގެންގުޅުން: 

އިސްތަށިގަނޑުގައި އެޅުމަށް ރަނގަޅު ފުނަލެއް ގެންގުޅުމަކީ ވެސް މުހިންމުކަމެކެވެ. މިގޮތުން އެންމެ ރަނަގަޅީ  ފުނަލުގެ ކޮޅުތައް މަޑުކޮށް އަދި ފުނަލުގައި ފްލެކްސިބަލް ޕެޑެއް ލާފައި ހުންނަ ފުނާކަމަށް ތަޖުރިބާ ކާރުން ބުނެއެވެ. ރަނގަޅު ފުނަލެއް ބޭނުންކުރުމުން އިސްތަށިހަނޑުގެ ވަށައިގެންވާ ފަށަލަތައް ރަނގަޅުވެ އިސްތަށިތަަކަށް ކާނާ ލިބުން ވެސް އިތުރުވެއެވެ. 

your imageފްލެކްސިބަލް ޕެޑު ލާފައި ހުރި ފުނަލެއް

ގިނައިން އިސްތަށި ގަނޑު ދޮވުން: 

އިސްތަށިގަނޑު މިލަވިޔަ ނުދީ ގިނައިން ދޮވުމަކީ ވެސް މުހިންމުކަމެކެވެ. އިތަށިގަނޑު ރަނގަޅަށް ނުދޮންނަ ނަމަ އައު އިސްތަށި ފެޅުމަށް ދަތިވެއެވެ. 

"ރަނގަޅަށް އިސްތަށިތައް ނުދޮންނަމަ ހަނގަޑުގައި ހަރުލާ މިލައިން އިސްތަށިފެޅުން ހުއްޓޭ. ދިރިއުޅޭ ލައިފްސްޓައިލެއްގެ ސަބަބުން ވެސް ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮންނަށް ވެސް ޖެހިދާނެ. މޫސުމުގެ ސަބަބުން ވެސް ދޮންނަންވެސް ޖެހިދާނެ. އެމީހެއްގެ އިސްތަށިގަނޑު މިލަވާނަމަ އަވަހަށް ދޮވުން މުހިންމު،" ޑރ. އެންގަލްމަން ވިދާޅުވެފައިވެއެވެ.

ދޮންނަށްޖެހޭ މިންވަރަށްވުރެ ގިނައިން އިސްތަށިގަނޑު ދޮވުމަކީ ވެސް އިސްތަށިގަނޑު ހަރުވެ، ތެޔޮކަންގެއްލިދާނެކަމެކެވެ. 

އިސްތަށިގަނޑު އައްސައިގެން އަދި ގަތައިގެން ގިނައިން ނޫޅުން: 

އިސްތަށިގަނޑު ވާންކޮށް އެއްސުމާ ގަތައިގެން ގިނަވަގުތު އުޅުމަކީވެސް އިސްތަށިތައް ހަލާކުވާކަމެކެވެ. އިސްތަށިގަނޑު އައްސަން އެންމެ ރަނގަޅީ ސިލްކު ވޫލްކޮޅަކުން މާ ބޮޑަށް އިސްތަށިތަކަށް ވާންނުކޮށް ދޫކޮށެވެ. އިސްތަށިގަނޑު ހާވާލައިގެން ވީހާވެސް ގިނައިން އުޅުން މުހިންމެވެ. އަދި އިސްތަށިގަނޑަށް ސާފު ވަޔާއި އަވިވެސް ލިބެން ޖެހޭނެއެވެ.  

your imageސިލްކު ވޫލް: 

ހަން ފޮޅުމުން ސަލާމަތްވުން: 

ގިނަބަޔަކަށް ހީވެފައިވައި އޮންނަނީ ހަންފޮޅުން ނުވަތަ ޑޭންޑްރަފްގެ މައްސަލަ ދިމާވަނީ ހިކި އިސްތަށިގަނޑެއް އޮންނަ މީހުންނަށް ކަމަށެވެ. ނަަމަވެސް މި މައްސަލަ ތެޔޮ އިސްތަށިގަނޑެއް އޮންނަ މީހަކަށް ވެސް ދިމާވެދާނެއެވެ. ހިކި އިސްތަށިގަނޑެއްގައި ފޮޅޭ ހަން ހުންނާނީ ހުދު ކުލައިގައި ހިކި ކުނޑިތަކެއް ގޮތަށެވެ. ތެޔޮ އިސްތަށިގަނޑެއްގައި ހަން ފޮޅުމުން ހުންނާނީ ރީނދޫ ކުލައަކަށެވެ. 

ހަންފޮޅެނީ ތެޔޮ އެއްޗެހި ކެއުމުންނެނާ، މާޔޫސްވުމުންނާއި، އިސްތަށިގަނޑު ސާފުކޮށް ނުބެލެހެއްޓުން ފަދަ ކަންކަމުގެ ސަބަބުންނެވެ. ހަން ފޮޅުމުން ސަލާމަތް ވުމަށް ހާބަލް ޝޭމްޕޫއެއް ބޭނުން ކުރުން މުހިންމެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް