ads
ނަމާދު
ސަލަފާ ގުޅިގެން ކުޅުދުއްފުށީގައި ނަމާދު ވޯކުޝޮޕެއް
ޖަމިއްޔަތުއްސަލަފާ ގުޅިގެން ހދ. ކުޅުދުއްފުށި ސިޓީގައި ނަމާދު ވޯކުޝޮޕެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ނަމާދު ވޯކުޝޮޕަކީ ކުޅުދުއްފުށީ ”ހިރަފުސް ޖަމިއްޔާ“ އިން އިންތިޒާމް ކުރާ ވޯކުޝޮޕެކެވެ. މިއީ ތިން ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ ލ ވޯކުޝޮޕެކެވެ. 

މި ވޯކުޝޮޕުގައި ބައިވެރިވެވޭނީ އުމުރުން އަށް އަހަރުން ފެށިގެން 12 އަހަރާ ދެމެދުގެ ދެޖިންސުގެ ކުދިންނަށެވެ. ވޯކުޝޮޕުގައި ބައިވެރިވާން އެދޭ މީހުން ފޯމު ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައި އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ސަލަފާ ގުޅިގެން ހިންގާ މި ނަމާދު ވޯކުޝޮޕަކީ އެއްވެސް ފީއަކާއި ނުލައި ހިލޭ ހިންގޭ ވޯކުޝޮޕެއް ކަމުގައި ހިރަފުސް ޖަމިއްޔާއިން މައުލޫމާތު ދެއެވެ. 

އިސްލާމްދީނުގައި ޝަރުއުކުރެވިގެންވާ އަޅުކަންތަކަށް ބަލާއިރު، ނަމާދަށް ދީފައިވާ އަހައްމިއްޔަތުކަން އެހެން ހުރިހާ އަޅުކަމަކަށް ދީފައިވާ އަހައްމިއްޔަތު ކަމަކަށްވުރެ ބޮޑެވެ. 

ތަނުގައި ގާއިމުވެ ހުންނަ މީހާ ނަމާދު ކުރަން ޖެހެއެވެ. ކޮއްޅަން ހުންނަން ނުކުޅެދިގެންވާ މީހާ އިށީނދެ އިނދެގެން ނަމާދުކުރަން ޖެހެއެވެ. އިށީނދެ އިނުމަށް ނުކުޅެދިގެންވާ މީހާ އޮށޯވެ އޮވެގެން ނަމާދު ކުރަންޖެހެއެވެ. އަދި އެންމެ ނުރައްކާތެރި ވަގުތު ކަމުގައިވާ ހަނގުރާމައިގެ ވަގުތުގައިވެސް ނަމާދު ދޫކޮށްލުން ހުއްދަ ވެގެން ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް