މީޑިއާ ކައުންސިލުން އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ހަފްލާގައި، 11 ދާއިރާއަކުން 11 ނޫސްވެރިއަކަށް އިނާމް ލިބިފައިވެއެވެ.
މި އަހަރު އަލަށް ދޭން ފެށި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމް ހާސިލުކޮށްފައިވަނީ، ދައުރު ނޫހުން، އައިމިނަތު ޝިފްލީން އެވެ. 2021 ވަނަ އަހަރުގެ އުންމީދީ ނޫސްވެރިއަކަށް ހޮވިފައިވަނީ މިހާރު ނޫހުގެ ނޫސްވެރިޔާ އާލިމް އަބްދުﷲ ލަތީފް އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ފަސް ނޫސްވެރިއަކު ވާދަކުރިއިރު، އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ވާދަކުރީ ތިން ނޫސްވެރި އެކެވެ.
އިތުރު ދާއިރާތަކުން އެވޯޑް ހާސިލްކުރި ނޫސްވެރިން:
ނޫސް މަޖައްލާ, ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން: އަހްމަދު އަލީ (ވަގުތު)
ނޫސް މަޖައްލާ, ފީޗަ ލިޔުމުގެ ދާއިރާއިން: ނަޖާހް މަސްއޫދު(ދައުރު)
ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއިން: ނިޝާން އަލީ (މިހާރު)
ގްރެފިކްސް އެންޑް އިލަސްޓްރޭޝަންސްގެ ދާއިރާއިން: އަބްދުﷲ ޝަފީއު (އަދަދު)