ސާފިން ޓީމުގެ ހެޑް ކޯޗަކަށް ހަމަ ޖައްސާފައިވަނީ ދެކުނު އެފްރިކާގެ ކްލައިޑް މާޓިންއެވެ.
އޭނާ ވަނީ މ. މުލީގައި މިއަހަރު ބޭއްވި ސާފިން ލީގުގެ ދެވަނަ މުބާރާތުގައި ޗީފް ޖަޖެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭނާވަނީ 1994 ވަނަ އަހަރު ޔޫރަޕިއަން ޕްރޮފެޝަނަލް ސާފިން އެސޯސިއޭޝަނުގެ ޖަޖުކަންވެސް ކޮށްފައެވެ. އަދި ވޯލްޑް ޕްރޮފެޝަނަލް ސާފަސް ގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމުގެ މަޤާމު 2005 އިން 2012 އަށް އަދާކޮށްފައެވެ.