ads
މިނިސްޓަރު އަމީރު
ހަ ބިލިއަން ރުފިޔާގެ ބޮންޑު ވަނީ ވާރުތަވެފަ: ފިނޭންސް މިނިސްޓަރު
ސަރުކާރުން އެމްއެމްއޭއިން ވިއްކާފައިވާ ބޮންޑަކީ އެތައް ސަރުކާރަކުން ވާރުތަވަމުން އައި ބޮންޑެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

އަސްލަމް ފާހަގަކުރެއްވި ގޮތުން މި ބޮންޑުގެ ސަބަބުން ކޮންމެ އަހަރަކުވެސް ސަރުކާރުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މަރުކަޒީބޭންކު އެމްއެމްއޭއަށް ދައްކަންޖެހެއެވެ. އަސްލަމު ސުވާލު ކުރައްވާފައިވަނީ މި ބިންޑު ރީ ސްޓްރަކްޗާ ކުރާނެ ގޮތަކާމެދުއެވެ.

your imageހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

 

ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ އެންމެ ރަނގަޅު ގޮތަކަށް ވަނީ މި ބޮންޑު މާފުކޮށް ދިނުންކަމަށެވެ. 

"ސަރުކާރާ ރައްޔިތުންނަށް ފައިދާ ވާނީ ބޮންޑު މާފުވާނެ ގޮތެއް ހޯދައިގެން،" ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. 

މި ބޮންޑަކީ އެމްއެމްއޭއިން ރައްކާކޮށްފައިވާ ފައިސާއިން ސަރުކާރުން ފައިސާ ބޭނުންވެގެން ނެގި ބޮންޑެއްކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ. ނަމަވެސް މި ބޮންޑު ނެގީ ކޮން ސަރުކާރަކުން ކަމެއް ވިދާޅެއް ނުވެއެވެ.  

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް އަމާޒު ހިފާފައިވާނީ، ޑެފިސިޓްކުޑަކޮށް މާލީ ދެމެހެެއްޓެނިވި ކަމަށް، ރާއްޖެ ހޯދަމުން މިދާ އިޤްތިސާދީ ކުރިއެރުން ނުހުއްޓި ކުރިއެރުމަށް ކަމަށެވެ. އަދި މެނިފެސްޓޯ ތަންފީޒްކޮށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވައުދުތައް ފުއްދުމަށް، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް