ދިއްދޫ ކައުންސިލް ރައީސް ބާއްވާ ހޭންޑްބޯލް މުބާރާތަށް އިއުލާނުކޮށްފި
އަހްމަދު ޙާމީ
14 ނޮވެންބަރ 2022 - 11:44:29
ހއ. ދިއްދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ "ދިއްދޫ ކައުންސިލް ރައީސް 2 ވަނަ ހޭންޑްބޯލް މުބާރާތް 2022" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިއީ ދިއްދޫ ކައުންސިލްގެ ރައީސް އަބްދު ﷲ ރަޝީދު އިންތިޒާމު ކުރައްވައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިއްދޫގެ އަންހެން ކަނބަލުންނަށް މުޖުތަމައުގައި ފުރުސަތުތައް އިތުރުކޮށް ދިނުމުގެ މަގުސަދުގައި، ކައުންސިލްގެ ރައީސް ބާއްވާ މުބާރާތެކެވެ.
މި ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ އިނާމެއް ދިނުމަށް ކަނޑައަޅާފައިވެއެވެ. ދެވަނަ ޓީމަށް 2000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަށް 1000 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 21 ޑިސެންބަރު 2022 ގައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް