ads
ކާތިކް އަދި އަކްޝޭ
ހޭރާ ޕޭރީ އިން ވެސް އަކްޝޭ ބޭރުކޮށް ކާތިކަށް ޗާންސް ދީފި
ބޮލީވުޑް ސުޕަ ސްޓާ އަކްޝޭ ކުމާރުގެ ސުޕަ ހިޓް ސީކުއެލް ޕިރް ހޭޕާ ޕޭރީ ގެ ތިން ވަނަ ބައިން އޭނާ ބޭރުކޮށް ލީޑު ރޯލަށް ކާތިކު އަރްޔަން ނަގަން ނިންމައިފިއެވެ.

މި ފިލްމުންގެ ޕްރޮޑަކްޝަން ޓީމުން އަކްޝޭގެ ބަލުގައި ކާތިކް ނަގަން ނިންމާފައިވަނީ އަކްޝޭގެ އަގު ބޮޑުވެގެން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

މިގޮތުން އަކްޝޭ ކުމާރު ވަނީ ހޭރާ ޕޭރީ ކުޅެން 90 ކަރޯޑު ރުޕީޒް (58.4 މިލިއަން އެމެރިކާ ޑޮލަރު) ގެ އަގެއް ކިޔާފައެވެ. ނަަމަވެސް ކާތިކް ގެ އަގަކީ 30 ކަރޯޑު ރުޕީޒް (19.4 މިލިއަން އެމެރިކާ ޑޮލަރު) ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މީގެ ކުރިން ވެސް އަކްޝޭގެ އެންމެ ހިޓު އެއް ފިލްމު ބޫލް ބުލައްޔާގެ ދެވަނަ ބައި ކުޅެން ވެސް ޗާންސް ދީފައިވަނީ ކާތިކް އަށެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. 

އަކްޝޭގެ ފިލްމުތައް ކުޅެން ކާތިކް އަށް ލިބޭއިރު، އަކްޝޭ ލީޑް ރޯލުގައި ނެރޭ ފިލްމުތަަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައެވެ. 

މިގޮތުން އެންމެ ފަހުން އަކްޝޭ ލީޑް ރޯލުގައި ނެރުނު "ރާމް ސަޓޭ" ވެސް ތިއޭޓަރުތަކުގައި އެޅުވި ނަމަވެސް އެކަށީގެންވާ ވަަރަށް ތަރުހީބު ނުލިބޭކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. 

ބޮލީވުޑްގައި އެންމެ އަގުބޮޑުކޮށް ފިލްމުކުޅޭ އެއް ސްޓާރަކީ އަކްޝޭ ކުމާރެވެ. އެންމެ ފަހުން ކުޅުނު ފިލްމުގެ މުސާރައަށް ވެސް އަކްޝޭ ކުމާރު ވަނީ 32 މިލިއަން ޑޮލަރުގެ ފީއެއް ނަގާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް