
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވިއިރު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ.
މަޖިލީހުގެ އެމްޑީޕީ މެންބަރުން ދެ ފެކްޝަނަކަށް ބެހިފައިވާއިރު ރައީސް ނަޝީދުގެ ފެކްޝަނަށް ސަޕޯޓް ކުރައްވާ މެންބަރެއްގެ ގޮތުގައި ބެލެވޭ އަފީފް، މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވައިދުގެ 53 ވަނަ މާއްދާގެ (ހ) ގެ ފަސްވަނަ ނަންބަރުގައި ބުނާ ރަގަބީލް އަފީފް ނުޖައްސަވައެވެ. މަޖިލީސް ޗެމްބަރު ހޫނުވީ އެ ހިސާބުންނެވެ.
ގަވައިދުގައި ރަނގަބީލު ޖަހަންވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އަފީފް ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރެއްވީ ރަނގަބީލު ނުޖައްސަވައެވެ.
ޖަލްސާ ނިންމަވާލެއްވިއިރު ވޯޓަށް އެހުމަށް އޮތީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރުމެވެ.