
މަޖިލީހުގައި މެމްބަރުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވޭ——
ކޯޅުން ބޮޑުވި ޓެކްސް ބޮޑުކުރުމުގެ ބިލް ފާސްކޮށްފި
ފާތިމަތު އަހްމަދު ޝަރީފް
16 ނޮވެންބަރ 2022 - 11:13:47
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އެންމެފަހުން ފާސްކޮށްފި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް މި ބިލް ފާސްކުރަން ވޯޓުދެއްވީ 55 މެމްބަރުން ނެވެ. ބިލާއި ދެކޮޅަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ.
ޖުމްލަ 84 މެމްބަރުން ތިއްބަވާ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެހެން ދުވަސްދުވަހާއި ހިލާފަށް 82 މެމްބަރުން ވަނީ ވަޑައިގެންފައެވެ. 81 މެމްބަރަކު ވޯޓުގައި ބައިވެރިވެފައިވެއެވެ. މި ބިލް ފާސްކުރަން ބޭނުންވަނީ 41 ވޯޓެވެ. އެހެންކަމުން ބިލް ވަނީ ފާސްވެފަ އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާ މިއަދު ފާސްވެގެންދިޔަ އިސްލާހުގައި ވާގޮތުން:
- 6 އިންސައްތައިގައި ހުރި ޖީއެސްޓީ 8 އިންސައްތަ އަށް ބޮޑުވެގެންދާނެ
- 12 އިންސައްތައިގައި ހުރި ޓީޖީއެސްޓީ 16 އިންސައްތަ އަށް ބޮޑުވެގެންދާނެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް