ޔޫކްރެއިނުގެ އުމުރުން 48 އަހަރުގެ ފިރިހެން މީހާ ގެނބިގެން ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި ވަނީ މިއަދު 11:39 ހާއިރެވެ.
އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. ފުލުހުން ބުނީ އެ މީހާ މަރުވީ ފިޓު ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;