މިއަދު އެ އެކްސިޑެންޓު ހިނގީ ޅ. ކުރެއްދޫ ރިސޯޓު ކައިރިން 11:30 ހާއިރެވެ. އެ ހާދިސާ ހިނގީ މޫސުން ގޯސްވި ވަގުތެއްގައި، ރާޅެއްގައި ޖެހިގެން ކަމަށް ވެއެވެ.
މި ހާދިސާގައި ބޯޓަށް ގެއްލުންތަކެއް ވެފައި ވާއިރު، އޭގެ ފަޅުވެރިއަކަށް އަނިޔާވި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެ އެވެ. ނަމަވެސް ހުރިހާ ޕަސަންޖަރުން ވަނީ ރައްކާތެރިކަމާއެކު ކުރެއްދޫ ރިސޯޓަށް ގެންގޮސްފަ އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެތަނުގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިން ކޮމިޓީން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން އިއްޔެ ވެސް ކުރެއްދޫ ރިސޯޓަށް ޖައްސަން އުޅުނު ބޯޓެއް އެކްސިޑެންޓްވި އެވެ. އެ ހާދިސާގައި ބޯޓުގެ ފިޔަގަނޑަށް ވަނީ، ޖެޓީގެ ފިލާގަނޑެއް ވަދެފައި ކަމަށް ވެއެވެ.