
މެންބަރު ހަސަން އަހްމަދު
ރައީސް ސާލިހް ޑެލިވަ ކުރައްވަނީ އެމްޑީޕީގެ ފަލްސަފާ: ހަސަންޓޭ
އަހުމަދު ހަސަން
18 ނޮވެންބަރ 2022 - 19:08:40
ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގެ ހަތަރު އަހަރު ހަމައެކަނި އިނގުރައިދޫ ދާއިރާއަށް ލިބުނު ތަރައްގީ ފާއިތުވި ހުރިހާ އަހަރާ ނުބައްދަލު ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު- ހަސަންޓޭ ރައީސް ސާލިހަށް ތައުރީފް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަންޓޭއަކީ އެމްޑީޕީގެ ގްރާސްރޫޓްގެ ބޮޑު ތަރުހީބެއް އަބަދުވެސް އޮންނަ އެ ޕާޓީގެ އެންމެ ހަރަކާތްތެރި އެއް އެކްޓިވިސްޓްމެއެވެ. ހަސަންޓޭއަކީ ރައީސް ނަޝީދުގެ އަރިސް މެންބަރެއްވެސްމެއެވެ.
ރައީސް ސާލިހުގެ ޒައާމަތުން ފާއިތުވި ހަތަރު އަހަރު ހަމައެކަނި އިނގުރައިދޫ ދާއިރާގެ ފަސް ރަށަށް ލިބުނު ކުރިއެރުމާ ތަރައްގީ ފާއިތުވި ހުރިހާ އަހަރަކާ ނުބައްދަލު. މިއީ ސިޔާސަތުތަކާއެކު ވެރިކަމަށް އައިސް އޯގާތެރި ސަރުކާރަކުން ޑެލިވަކުރާ އެމްޑީޕީ ފަލްސަފާ
ރައީސް ނަޝީދަށް ސަޕޯޓް ކުރާ އެމްޑީޕީ މެންބަރުންނާއި ރައީސް ސާލިހަށް ސަޕޯޓް ކުރާ އެމްޑީޕީ މެންބަރުގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް އުފެދިފައިވަނިކޮށް ހަސަންޓޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހްގެ ސަރުކާރުން ޑެލިވާކުރަނީ އެމްޑީޕީގެ ފަލްސަފާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް