ads
ރޮޒޭނާ އަދި ރައީސް ނަޝީދު : ފޮޓޯ ސަން
ރައީސް ނަޝީދުގެ ރަހުމަތްތެރިންނަށް ދޫކޮށްފައިވާ ރަށްތަކުގެ ލިސްޓު ރޮޒޭނާ ހާމަކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަކީ ވެރިކަމާ ދަންޖެހޭ ފެކްޝަނެއްކަމަށް ވިދާޅުވެ، ރައީސް ނަޝީދުގެ ރަހުމަތްތެރިންނަށް އެމަނިކުފާނުގެ ވެރިކަމުގައި ދޫކޮށްފައިވާ ރަށްތައް ކަމަށް ބުނާ ލިސްޓެއް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ހާމަކުރައްވައިފިއެވެ.
Advertisement

ރޮޒޭނާ މި ލިސްޓު އާންމުކުރެއްވީ "ހަސަން ކުރުސީ" ނަމުގައި ޓުވީޓު ކުރާ މީހާއަށް މިއަދު ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. 

ރޮޒޭނާ ތުހުމަތުކުރައްވާ ގޮތުގައި ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ޓުވީޓު ކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. 

ހަސަން ކުރުސީ އެކައުންޓުގައި މިއަދު ބުނެފައިވަނީ އެމްޑީޕީ އެތެރޭގައި ދެ ފެކްޝަނެއް އެބައޮތް ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި ދުރު ފެކްޝަން ހިންގަވަނީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެމްޑީޕީގައި ހިންގަވާ ފެކްޝަނުގެ ޗިއާ ލީޑަރީ ރޮޒޭނާ ކަމަށެވެ. 

ހަސަން ކުރުސީއަށް ރައްދު ދެއްވަމުން ރޮޒޭނާ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރަށްތައް ބިޑަކާއި ނުލައި ރަހުމަތްތެރިންނަށް ބަހާލާފައިވާކަމަށް ވިދާޅުވެ ލިސްޓެއްވެސް އާންމުކުރައްވާފައެވެ. 

"ކިހިނެތްތޯ މަނިކުފާނު އެންޓިކޮރަޕްޝަން ފެކްޝަނެއް ހިންގަވާނީ މަނިކުފާނުގެ ވެރިކަމުގައި އެއްވެސް ބިޑުކުރުމެއް ނެތި ރަހުމަތްތެރިންނަށް ރަށްތައް ބަހާލިއިރު؟" ރޮޒޭނާ ސުވާލުކުރައްވާފައިވެއެވެ.

ރޮޒޭނާގެ ލިސްޓުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ދޫކޮށްފައިވާ ތަފާތު ރަށްރަށާއި އެ ރަށްރަށުގައި ކުރާ މަސައްކަތްވެސް ވަނީ ހިމަނުއްވާފައެވެ. ނަމަވެސް އެތަންތަން ހިންގަނީ ރައީސް ނަޝީދުގެ ކޮން ރަހުމަތްތެރިންނެއްކަމެއް ހާމައެއް ނުކުރައްވައެވެ.

މި ލިސްޓާ ގުޅޭގޮތުން ރައީސް ނަޝީދު އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. 

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް