ads
މިނިސްޓަރު މުހައްމަދު އަސްލަމް
މާލެއިން ގޯތި ލިބޭ މީހުން ކަނޑައެޅޭނީ 2023 ގައި: މިނިސްޓަރު އަސްލަމް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަށް ދޫކުރާނެ މީހުން ކަނޑައެޅޭނީ 2023 ވަނަ އަހަރުގެ މެއި މަސްތެރޭ ކަމަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
Advertisement

ބުދަ ދުވަހު އޮތް ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތަކީ ގޯތިތަކަށް ހުށަހެޅި އެޕްލިކޭޝަންތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ.

އެޕްލިކޭޝަންތައް ދިރާސާކުރަނީ ރައީސް އުފައްދަވާ ކޮމިޓީއަކުން ކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެ ކޮމިޓީ އެކުލަވާލެއްވިހާ އަވަހަކަށް ގޯތިތައް ދޫކުރާނެ މީހުން ޝޯޓްލިސްޓުކޮށް އިއުލާންކުރާނެ ކަމަށެވެ.

” އެކޮމިޓީ އަދި އެކުލަވާނުލައްވާ. ނަމަވެސް ދާދި އަަވަހަށް އެކަން ކުރައްވާނެ. ކުރެވުނީމައި އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރުގެ މެޔާއި ހިސާބަށޭ ޝޯޓިލިސްޓުކޮށްފައި ގޯތި ލިބޭނެ މީހުން ކަނޑައަޅާފަ ނިންމޭނީ“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭގެތެރެއިން ހުޅުމާލެއިން ލިބޭނެ ގޯތިތަކުގެ މިންތައްވެސް ކަނޑައަޅައި ނިމިފައި ހުރި ކަމަށާއި، ގުޅީފަަޅު ހިއްކުމުގެ މަސައްކަތް އަދި ނުފެށޭ ކަމަށެވެ. އެމަސައްކަތް ލަސްވެެފައިވާކަން ގަބޫލުކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުން އެމަސައްކަތް ލަސްވީ އިދާރީގޮތުން ނިންމަންޖެހޭ ކަންކަން ނުނިމި ހުރުމުން ނެވެ. ނަމަވެސް އެމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވި، ލޯންވެސް ހަމަޖެހިފައި ވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ އުސޫލު ކުރިން އޮތްގޮތުން މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.

އެ އުސޫލުގައި މާލޭ ރައްޔިތެއްކަމަށް ކަނޑައަޅައި ގޮތާއިމެދު ހުރި ހިތްހަމަނުޖެހުންތަކާއިއެކު މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. 

އެޔާއިއެކު ސަރުކާރުން ވަނީ އުސޫލަށް ބަދަލުތަކެއް  ގެނެސް އެހެން ތަނެއްގައި ކުރިން ރަޖިސްޓްރީވެފައި އޮތަސް، އެ މީހެއްގެ މައިންބަފައިންނަކީ މާލޭ މީހެއް ކަމަށްވާ ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށް ކަނޑައަޅާފައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް