ads
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް---
އަހަރަކާ 10 މަސް ފަހުން ޓްރަމްޕުގެ ޓުވިޓާ އެކައުންޓުގެ ސަސްޕެންޝަން އުވާލައިފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ޓުވިޓާ ހޭންޑަލް އެއް އަހަރާ 10 މަސް ދުވަސް ފަހުން އަލުން އެކްޓިވޭޓް ކޮށްފިއެވެ.

ޓްރަމްޕު ޓުވިޓާއިން ސަސްޕެންޑު ކޮށްފައިވަނީ އެމްރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި، ބާރުގައި ހުންނެވުމަށް މަސައްކަތް ކުރައްވަން ކެންޕޭނު ކުރައްވަމުން ގެންދަވަނިކޮށެވެ. 

ޓްރަމްޕުގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ކެޕިޓޮލް އިމާރަތުގެ ތެރެއަށް ވަދެ އެތަން ވެސް ހިސޯރު ކޮށްފައެވެ. 

ޓްވިޓާގައި ޓްރަމްޕު ގެންގުޅުނު "ރިއަލްޑޮނަލްޑްޓްރަމްޕު" ޖަހާފައިވާ ޓުވިޓާ ހޭންޑަލް މިވީ ދުވަސްތަކުގައި ޓުވިޓާއިން ނުވެސްފެނެއެވެ.  

ނަމަވެސް، މިއަދު މިވަނީ އަލުން ޓްރަމްޕުގެ އެކައުންޓު ޓުވިޓާއިން ފެންނަން ފަށާފައެވެ.

ޓްރަމްޕުގެ ޓުވިޓާ އެކައުންޓު އަލުން ބޭނުންކުރަން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާކަމަށް ދާދިފަހުން ޓްވިޓާ ގަނެ އޭގެ ސީއީއޯއަށް ވި މަހުޖަނު އެލަން މަސްކު ވެސް ވަނީ ބުނެފައެެވެ. 

ޓްރަމްޕު އެންމެ ފަހުން ޓްވީޓުކުރައްވާފައި ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާ އެންމެ ފަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތައް ވަޑައިނުގަންނަވާނެކަމަށެވެ. 

ޓްވިޓާގައި ޓްރަމްޕުގެ އެކައުންޓު އެކްޓިވޭޓު ކުރި ނަމަވެސް އޭނާ އަލުން ޓުވިޓާ ބޭނުން ކުރަން ފަށާނެކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް