ads
ޝިމާޒް
ހަމަލާއަކީ ސިޔާސީ ހަމަލާއެއް: ޝިމާޒް
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދިން ހަމަލާއެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅޭ ގޮތުން ޑެޕިއުޓީ މިނިސްޓަރު ޝިމާޒް މިއަދު ވިދާޅުވީ، އެއީ ފިނޑި އަމަލެއް ކަމަށެވެ. އަދި އެ މައްސަލަ ބަލައި އެކަން ކުރި ފަރާތްތަކާއި އަދި އެކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދާ ވީހާވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމުމަކީ އެދޭ ކަމެއް ކަމުގައި ޝިމާޒް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ދިން ހަމަލާގައި މިނިސްޓަރު އައިޝަތު ނަހުލާގެ ބައިވެރިވުމެއް އޮތްކަމަށް ދެކެވޭ ވާހަކަ ޖުމްހޫރީ ޕާޓީންވަނީ ދޮގުކޮށްފައެވެ. އެ ހަމަލާގައި ނަހްލާގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރަމުންދަނީ އެ ހަމަލާދީފައިވަނީ ޝިމާޒަށް ކުރެވޭ ކޮރަޕްޝަން މައްސަލާގައި މިނިސްޓްރު ނަހްލާ އާއި އޭނާގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށް ވުމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް