ads
ޔޫސުފް ނައީމް، ހުނޭސާ، ޔާމީން، ނިހާން އަދި ކާނަލް ނަޝީދު
ކްރިމިނަލް ކޯޓުގައި ބޮޑު ދުވަހެއް
ކްރިމިނަލް ކޯޓުގައި ހައި ޕްރޮފައިލް ގިނަ ބައެއްގެ ޝަރީއަތްތަކެއް ކުރިއަށް ގެންދިޔުމަށް މިއަދަށް ތާވަލުކޮށްފިއެވެ.
Advertisement

ކްރިމިނަލް ކޯޓުގައި މިއަދު ހިންގުމަށް ތާވަލުކޮށްފައިވާ ޝަރީއަތްތަކުގެ ތެރޭގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރިއަށް ގެންދާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ޝަރީއަތަކީ އެންމެ ފާހަގަކޮށްލެވޭ ޝަރީއަތެވެ. އިއްޔެވެސް މި ޝަރީއަތުގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައެވެ.

ޔާމީންގެ ޝަރީއަތާއެކު ކުރިއަށްދާ ހައިޕްރޮފައިލް އަނެއް މައްސަލައަކީ ކުރީގެ މަޖިލީސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. ޔާމީންގެ ޝަރީއަތާ އެކު ކުރިއަށްދާ ޔޫސުފް ނައީމްގެ ޝަރީއަތް އޮތީ މިއަދު 9:30 އަށް ތާވަލުކޮށްފައެވެ.

މިއަދު އެންމެ ހެނދުނަށް ތާވަލުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ފަސް ދައުވާއެއް ހިމެނެއެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާއަކާ، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާ ރިޝްވަތު ހިފުމުގެ ދެ ދައުވާއެކެވެ. އެކުއެކީގައި ކުރިއަށް ގެންދާ މި މައްސަލަތައް އޮންނާނީ ނުވައެއް ޖަހާއިރުއެވެ.

ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކޮށްފައިވާ ފާހަގަކޮށްލެވޭ އަނެއް މައްސަލައަކީ ކުރީގެ މަޖިލިސް މެންބަރު އަދި ޑީއާރުޕީގެ މެންބަރު ކާނަލް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުގައި މިހާރު އަޑު އެހުންތައް ފެށިފައިވާ މި މައްސަލަ މިއަދު އޮންނާނީ 10 ޖަހާއިރުއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް މައްސަލަތަކުގެ ތެރޭން ފާހަގަކޮށްލެވޭ އަނެއް މައްސަލައަކީ މަޝްހޫރު ޓިކްޓޮކް ތަރި ހުނެއިސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިހާރުވެސް ބަންދުކޮށްފައި ހުރި ހުނޭސާގެ މައްސަލަ އޮންނާނީ 10:30 ގައެވެ.

58%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް