އަބޫދާބީގައި ކާރު ރޭހެއް ބަލަން ގޮސް ހުއްޓާ ރަންވީރާއި ސުވާލުކުރި ފޯމިއުލާ ވަންގެ ނޫސްވެރިއާ މާޓިން ބްރަންޑަލް ސުވާލު ކުރަމުން ބުނެފަވަނީ "އަޅުގަނޑު ކުއްލިއަކަށް ތީ ކާކުކަން ހަނދާން ނެތިއްޖެ" ކަމަށެވެ.
ސުވާލު ކުރުމުން މަޖާވެފައި ހުރެ ރަންވީރު ބުނެފައިވަނީ އެނާއަކީ ބޮލީވުޑުގެ އެކްޓަރެއް ކަމަށެވެ.
"އަހަރެން އައީ އިންޑިއާގެ މުމްބާއީން. އަހެން މީ މީހުން މުނިފޫހި ފިލުވައިދޭ މީހެއް،" ރަންވީރު ބުންޏެވެ.
ނޫސްވެރިއާ ވަނީ ރަންވީރު ލައިގެން ހުރި ހެދުން ރީތިކަމަށްބުނެފައެވެ. ރަންވީރު ބުނީ އޭނާލައިގެން ހުރި ހެދުން އަނބުރާ ދޭން ޖެހޭކަމަށެވެ. މާނައަކީ އޭނާލައިގެން ހުރި ހެދުމަކީ ސްޕޮންސާ ކޮށްފައިވާ ހެދުމެއްކަމެވެ.
ރަންވީރާއި ސުވާލުކުރި ވީޑިއޯއަށް ގިނަބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.