ނަމަވެސް މިހާތަނަށް ހިޓް ފިލްމުތަކުގެ ގޮތުގައި މި އަހަރު ފާހަގަ ކޮށްލެވުނީ އެންމެ ދެ ފިލްމެވެ. އެއީ ބާހޫ ބަލީ 2 އަދި ދިރްޝްޔަމް:2 އެވެ.
މި ދެ ފިލްމުގައި ވެސް ތާބޫ ވަނީ މުހިންމު ރޯލެއް ކުޅެފައެވެ.
މިކަމާ ގުޅޭގޮތުން ތާބޫގެ ފޭނުން ވާހަކަ ދައްކަމުން އަންނައިރު ބޮލީވުޑުގެ ބައެއް މަޝްހޫރު ތަރިން ވެސް އަންނަނީ މިކަން ފާހަގަކުރަމުންނެވެ. މިގޮތުން ވާހަކަ ދައްކަމުން ކަންގަނާ ރަނައުތް ވަނީ ތާބޫ އަށް ވަރަށް ބޮަޑަށް ތައުރީފުކޮށްފައެވެ.
"އުމުރުން 50 އަަހަރުގައި ވެސް ތާބޫ އެގެންދަނީ ހިންދީ ފިލްމު އިންޑަސްޓްރީ ސަލާމަތް ކޮށްދެމުން،" ކަންގަނާ ބުނެފައިވެއެވެ.
ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ފްލޮޕުވަމުން ދަނިކޮށް އަޖޭ ދޭވްގަން ލީޑް ފިރިހެން ރޯލު ކުޅޭ ދްރިޝްޔަމް:2 ތިއޭޓަރުތަކަށް ނުކުތްތާ އަދި މިވަނީ އެންމެ ދެތިން ދުވަހެވެ. ނަމަވެސް އެ ފިލްމަށް މިހާރު ވަނީ ބޮޑު ކުރިއެރުމެއް ބޮކްސް އޮފީހުގައި ހޯދާފައެވެ. ފިލްމު އެޅުވިތާ ދެ ދުވަހުގެ ތެރޭގައި ވަނީ 21.59 ކަރޯޑު ރުޕީޒް ހޯދާފައެވެ.
ބާހޫ ބާލީވެސް ވަނީ ބޮކްސް އޮފީހުގައި ހިޓް ފިލްމަކަށް ވެފައެވެ. މިގޮތުން ތިއޭޓަރުތަކުގައި އަޅުވައިގެން އެ ފިލްމަށް 14.169 ބިލިއަން އިންޑިއާ ރުޕީޒް ވަނީ ހޯދާފައެވެ. އެ ފިލްމަށް ފައިދާގެ ގޮތުގައި 11.156 ބިލިއަން އިންޑިއާ ރުޕީޒް ލިބުނުއިރު ޝެއާގެ ގޮތުގައި 6.613 ބިލިއަން އިންޑިއާ ރުޕީޒް ވަނީ ބަހާފައެވެ.