ads
އިސްތަށިގަނޑު ފަންކުރުން
އިސްތަށި ގަނޑު ފަންކުރުމުން ކެންސަރު ޖެހުމަށް މަގުފަހިވޭ: ދިރާސާ
އިސްތަށިގަނޑު ފަންކުރުމުން ކެންސަރު ޖެހުމަށް މަގުފަހިވާކަމަށް އެމެރިކާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ނިއުޔޯކް ޓައިމްސްގައި ޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުން މި ދިރާސާއަކީ އެމެރިކާގެ 34،000 އަންހެނުންގެ މެދުގައި 10 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ކޮށްފައިވާ ދިރާސާއެކެވެ.  

މި ދިރާސާގެ ނަތީޖާ ބުނާގޮތުން ތަފާތު ކެމިކަލްތައް ބޭނުންކޮށްގެން އިސްތަށިގަނޑު ފަންކުރާ އަންހެނުން  ޔޫޓްރެސް ކެންސަރު (ކުރިމަތި ފަރަތައް ޖެހޭ ކެންސަރެއް) ޖެހުމުގެ ފުރުސަތު 4.05 ޕަސަންޓު އިތުރެވެ. އަދި އުމުރުން ދުވަސްވެ 70 އަހަރުން މަތިވުމުން ވެސް މި ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވާކަމަށް ވެސް ދިރާސާއިން ދައްކައެވެ. 

މި ދިރާސާގައި ބުނާފަދަ މިންވަރަކަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑީ އަހަރަކު މަދުވެގެން ހަތަރު ބޯފަންކުރާ މީހުންނަށެވެ. ދިރާސާގައި ބައިވެރިވި ބައެެއް މީހުންނަކީ ގޭގައި އަދި ސެލޫންގައި ބޯ ފަންކުރި މީހުންނެވެ. 

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެންވަޔަރަންމަންޓް އެންޑް ހެލްތް ސައިންސުގެ ލީޑް އައުތާ އެލެގްޒެންޑްރާ ވައިޓް ބުނާގޮތުން މި ދިރާސާ އާންމު ކުރުމުގެ ބޭނުމަކީ މީހުން "ކަންބޮޑުކުރުން ނޫން" ކަމަށެވެ. ނަމަވެސް މިއީ ސަމާލުވާންޖެހޭ ކަމެއް ކަމަށް އޭނާ ބުނެއެވެ.

މި ދިރާސާގެ ނަތީޖާ އިތުރަށް ބަލައި ހޯދައި ކެންސަރު ޖެހެން މެދުވެރިވާ ސަބަބު ދެނެގަނުން މިހިންމުކަމަށް ވެސް ވައިޓް ވަނީ ބުނެފައެވެ. 

އެންމެ ގިނައިން އަންހެނުންނަށް ޖެހޭ ކެންސަރުގެ ބާވަތަކީ ޔޫޓްރެސް ކެންސަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް