ads
ގާނިމް އަދި މޯގަން ފްރީމަން ވޯލްޑްކަޕް ފެށުމުގެ އިވެންޓުގައި
ޤުރުއާނުގެ އާޔަތަކުން ވޯލްޑްކަޕް ފެށި ޒުވާނާ މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފި
ރޭ ގަތަރުގައި ވޯލްޑްކަޕް ފެށިގެން ކުރިއަށް ދިޔައިރު، ދެއަތުން ހިނގާފައި ސްޓޭޖަށް އަރައި ހޮލީވުޑްގެ ސުޕަ ސްޓާ މޯގަން ފްރީމަން ކުރިމަތީގައި ޤުރުއާނުގެ އާޔަތެއް ކިޔަަވައި ގާނިމް އަލް މުފްތާހު މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ.

ގަތަރުގެ ގުޑްވިލް އެމްބެސެޑަރުކަން ވެސް ކުރާ މުފްތާހު ޤުރުއާނުގެ އާޔަތެއް މުޅި ދުނިޔެ ކުރިމަތީގައި ކިޔެވިއިރު، މިއީ ޤުރުއާނުގެ އާޔަތަކުން ވޯލްޑްކަޕް ފެށި ފުރަތަަމަ ފަހަރެވެ. 

ރޭ ވޯލްޑްކަޕް ފެށިއިރު ފެނުނީ މުފްތާހު ސްޓޭޖެއް މަތީގައި އިނދެ ވޯލްޑަކަޕް ބަލައިން އައި މެހެމާނުނަށް މަރުހަބާ ކިޔަމުން ދިޔައިރު މޯގަން ފްރީމަން ވަނީ އޭނާ ކައިރިއަށް ހިގާފައި އައިސް އިށީދެ  އޭނާ އާއި ވާހަކަ ދައްކާފައެވެ. 

މުފްތާހު ކިޔަވާފައިވަނީ الحجرات ސޫރަތުގެ 13 ވަނަ އާޔަތެވެ. 

އެއާޔަތަކީ: 

يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ

މި އާޔަތް ކިޔެވުމުން މޯގަން ވަނީ މުފްތާހު ކައިރީގައި "ދުނިޔެ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމަށާއި. ކޮންމެ ގައުމަކުން ވެސް އެބައެއްގެ އަމިއްލަ ގޮތެެއް ގެންގުޅޭނަމަ ދުނިޔެ އެއްބައިވާނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ. 

your imageމޯގަން ފްރީމަން އަދި ގާނިމް އަލް މުފްތާހް

މޯގަން އަށް ޖަވާބު ދެމުން މުފްތާހު ބުނެފައިވަނީ އޭނާ އުފަންވީ ތަފާތު މީހުންނާއި ގަބީލާތަކެއް އެކުވެގެން ދިރިއުޅޭ ތަނަކަށް ކަމަށެވެ. އަދި ދުނުޔެ އެއްތަނަކަށް ހެދުމަށް ކަންކަން ހަޖަމުކުރުމާ، އިހުތިރާމުކުރަން ދަސްކުރަންޖެހޭކަމަށް އެނާ ބުންޏެވެ. 

ގާނިމް އަލް މުފްތާހް އަކީ އޭނާގެ މައިންބަފައިންނަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އޭނާއަށް ވަނީ ކައުޑަލް ރެގްރެޝަން ސިންޑްރޯމް ކިޔާ މަދުން ނޫނީ ނުޖެހޭ ބައްޔެއް ޖެހިފައެވެ. މި ބަލީގައި މައިބަަދައިގެ ބައެއް އުފެދުން ހުއްޓެއެވެ. ޑޮކްޓަރުން ބުނާގޮތުން މި ބަލި ހުންނަ މީހަކު ގިނަ ދުވަހު ދުނިޔޭގައި ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް މުފްތާހު މިހާރު އުމުރަކީ 20 އަހަރެވެ. 

91%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް