ads
ސޯނަމް ކަޕޫރު ދަރިފުޅާއެކު
ސޯނަމް ކަޕޫރުގެ ދަރިފުޅު ދައްކާލައިފި
ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހުޖާ ގެ ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
Advertisement
މި ދެ މީހުންގެ ދަރިފުޅު ދައްކާލާފައިވަނީ އިންސްޓަގުރާމުގައި މިއަދު ސޯނަމް ކުރި ޕޯސްޓެއްގައެވެ. އެމީހުންނަށް ފިރިހެން ދަރިއަކު ލިބިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެެވެ.އެމީހުންގެ ދަރިފުޅަށް ކިޔާފައިވާ ނަމަކީ ވަޔޫ އެވެ.އެމީހުންގެ ވީޑިއޯގައި ފެންނަނީ ދެމަފިރިންނާ ދަރިފުޅު ކާރުގައި ބުރެއް ޖަހާލާ މަންޒަރެވެ.
މީގެ އިތުރުން ވެސް ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު ވެސް ކާފަ ދަރިފުޅާއެކު ވަގުތު ހޭދަކުރާ މަންޒަރު އިންސްޓަގްރާމުގައި އަޕްލޯޑުކުރި ވީޑިއޯ ރީލް އިންފެނެއެވެ.ސޯނަމްކަޕޫރު ދާދިފަހުން ވަނީ އެނާ ފިޓްވުމުގެ މަސައްކަތް ފާށާފައިވާކަން ވެސް އިއުލާނު ކޮށްފައެވެ.
ސޯނަމް ކަޕޫރް އާއި އަނަންދް އަހޫޖާ ކައިވެނި ކޮށްފައި ވަނީ މީގެ ހަތަރު އަހަރު ކުރިން، 2018 ވަނަ އަހަރުގެ މޭ މަހު އެވެ. ސޯނަމް އަކީ ބޮލީވުޑްގެ ބަތަލް އަނީލް ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅެވެ.
ސޯނަމް އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރުގައި ނެރުން "ދަ ޒޯޔާ ފެކްޓާ" ފިލްމް އިންނެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގައި ނެރުނު ނެޓްފްލިކްސްގެ ފިލްމް "އޭކޭ  ވޮސަސް  އޭކޭ" ގައި ކުޑަ ރޯލެއްވެސް އޭނާ ވަނީ ކުޅެފަ އެވެ.އަނަންދް އާއި ސޯނަމް ދިރިއުޅެނީ ލަންޑަންގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް