ads
މާ ހެފުމަކަށް ތައްޔާރުކޮށްފައި
މާހެފުމަށް ބޮޑު އޯޑަރެއްދީ ތަކެތި ގެނެދީނިމާ ހިފައިގެން ފިލައިފި
މާ ހެފުމަށް ބޭނުންވާ ތަކެތީގެ ބޮޑު އޯޑަރެއް ދިނުމަށްފަހު އެތަކެތި ގެންގޮސްދިނިމުން ފައިސާ ނުދީ ތަކެތި ހިފައިގެން ފިލައިފިއެވެ.
Advertisement

މާލޭގައި ހިނގި މި ހާދިސާގައި ވާހަކަ ހިއްސާކުރީ އޯޑަރަށް ކާ ތަކެތި ހަދައިދިން މީހާއެވެ. އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެމީހުން ހިންގާ ޕޭޖަށް އޯޑަރު ދިނީ ޝިހާން ނަމަކަށް ކިޔާ މީހަކުކަމަށެވެ. 

ވައިބާއިން އެމީހާ ދިން އޯޑަރުގައި އާއްމުކޮށް މާހެފުމަށް ދިވެހިން ބޭނުން ކުރާ ގިނަ ތަކެތި ހަދައިދޭން ވަނީ އެދިފައެވެ. އެގޮތުން އަވެއްޔާ ކުޅިމަހުގެ 20 ތައްޓާއި ރޮއްޓަށް އޭނާ ވަނީ އޯޑަރު ދީފައެވެ. ތަކެއްޗަށް އޯޑަރު ދިނުމަށްފަހު ޑެލިވަރީ ކޮށްދިނުމަށް އެދުނީ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. 

ހޮސްޕިޓަލްގެ ބޭރު ކައުންޓަރާ ދިމާލުން ތަނެއްގެ ފޮޓޯ ނަގައި، އެތަނުގައި ތަކެތި ބެހެއްޓުމަށް އެމީހާ ވަނީ އެދިފައެވެ. އަދި އެމީހާ އެވަގުތު އިނީ ކްލާހެއްގައި ކަމަށާއި ތަކެތި އެތަނުގައި ބެހެއްޓުމަށްފަހު ފޮޓޯއެއް ފޮނުވާ ދިިނުމަށްވެސް އެދިފައި އޮތެވެ. 

މާހެފުން ތައްޔާރުކޮށްދިން ފަރާތުން ބުނީ އެމިހާ އެދުނު ތަނުގައި ތަކެތި ބަހައްޓާ އެމީހާ އެދުނު ގޮތަށް ފޮޓޯއެއް ފޮނުވާދިންކަމަށެވެ. އެއާއި އެކު އެމީހާގެ މަސައްކަތަށް ތައުރީފުކޮށް ފައިސާ 9:30 ގައި ފޮނުވާދޭނެކަމަށް ބުނިކަމަށްވެސް އޯޑަރަށް ތަކެތި ހަދާދިން މީހާ އާއްމުކުރި ޕޯސްޓްގައިވެއެވެ. އަދި އޭގެ ފަހުން ކާތަކެތި މީރުކަމަށް ބުނެ ތައުރީފުކޮށްވެސް ވަނީ މެސެޖެއް ފޮނުވާފައެވެ. 

"މާޝާﷲ. ކާއެއްޗެހި ވަރަށް މީރު،" އެމީހާ ފޮނުވި މެސުޖުގައިވެއެވެ.

އެހެންނަމަވެސް އޭގެ ފަހުން އެމިހާގެ ހަބަރެއް ނުވާކަމަށް ޢޯޑަރަށް ތަކެތި ހަދައިދިން މީހާ ބުނެއެވެ. އަދި އޭގެ ފަހުން އެމީހާ އޭނާގެ ނަމްބަރު ބްލޮކްކޮށްފައިވާކަމަށްވެސް އޯޑަރަށް ތަކެތި ހަދައިދިން މީހާ ބުނެއެވެ.

އޮޅުވާލައިގެން ގެންދިޔަ އޯޑަރަށް 3000 ރުފިޔާ އަރައެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް