ads
އިންޑޮނޭޝިއާ އަށް އައި ބިންހެލުމެއްގައި 100 އަށްވުރެގިނަ މީހުން މަރުވެއްޖެ
އިންޑޮނޭޝިއާގެ ހުޅަނގު ޖާވާ ޕްރޮވިންސަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 160 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމުވެއްޖެ އެވެ.

5.6 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ، އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ އިރުދެކުނުން ގާތްގަނޑަކަށް 75 ކިލޯމީޓަރު (45 މޭލު) ދުރުގައި އޮންނަ ފަރުބަދަމަތީ ހުޅަނގު ޖާވާގެ ސިއަންޖޫރް ޓައުން ކައިރި އަށެ. މި ސަރަހައްދަކީ 2.5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. ހުޅަނގު ޖާވާގެ ގަވަރުނަރު ރިދުވާން ކާމިލް  ވިދާޅުވީ މިހާތަނަށް 162 މީހުން މަރުވެ 326 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) އިން ބުނިގޮތުން ތަންތަނުގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ 25 މީހުން ހޯދަމުންދާ ކަމަށާއި، ގިނަ އިމާރާތްތަކެއް ވެއްޓިފައިވާތީ، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.

ބީއެންޕީބީން ބުނީ 2،200 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، 5،300 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއަދަދު  13،000 އަށް އިތުރުވެދާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް