
ބައެއް މީހުންވަނީ ދަނޑަށް ވަނުމުގެ ކުރުން ވެސް އީރާނުގެ އަންހެނުނަށް ހައްގުތައް ދިނުމަށް ގޮވާލާއި އިރާނުގެ ދިދަތަކާއެކު ހަޅުތާލުކޮށްފައެވެ. އަދި އަނެއްބަޔަކު ވަނީ އީރާނު އަންހެނުނަށް ހަގުތައް ނުދޭކަމަށް ބުނާ ބެނާތައް ފަދަ ތަކެތި ހިފައިގެން މެޗު ބަލަން ވަދެފައެވެ.
މެޗުން އީރާނު ބަލިވިއިރު ސަޕޯޓަރުންގެ ބައެއް މީހުން ތިބީ، ސަޕޯޓު ކުރުމުގެ ބަދަލުގައި އެމީހުންގެ ޝުއޫރުތައް ފާޅުކުރުމުގައި އަވަދިނެތިއެވެ.
އިނގިރޭސިން އަތުން އީރަނު ބަލިވީ 6- 2 ގެ ނަތީޖާއަކުންނެވެ.
އީރާނުގެ ބޮޑު ދިދައެއް ދަމާފައި ހުރި އިރު ވެސް އޭގައިވެސް ލިޔެފައި އޮތީ އީރާނުގައި ތިބި އަންހެނުންނަށް ހައްގުތައް ދިނުމަށެވެ.
އީރާނު އަންހެނުންނަށް ހައްގު ދިނުމަށް ގޮވާލާ ދަނޑުގައި މުޒާހަރާކުރަނީ
އީރާނުގެ ސަރުކާރާއި އެގައުމުގައި ތިބި ހަރުކަށި ފިކުރުގެ ބާރުގަދަ މީހުން ގެންދަނީ އީރާނު އަންހެނުނަށް ވަކިގޮތަކަށް ހެދުންއެޅުމާއި، ބުރުގާ އެޅުމަށް މަޖުބޫރު ކުރަމުންނެވެ.
އީރާނުގެ މަގުމަތިން ބައެއް މީހުން ވަގަށްނެގުމަށްފަހު ރޭޕުކޮށް މަރާލުމަށް ފަހު ބުނެފައިވަނީ، އެމީހުން މަރާލީ "ގޯސްކޮށް ބުރުގާ އަޅާފައި" ހުރުމުން ކަމަށެވެ.
އީރާނުގައި މާޝާ އަމީނީ ކިޔާ އަންހެން ކުއްޖަކު މަރާލުމާއެކު ފެށި މުޒާހަރާތަކުގައި 350 އަށްވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފައެވެ. އޭގެ ތެގޭގައި 48 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.