
އާޖެންޓީނާ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ސައުދީން ދެ ލަނޑު ޖަހައި އާޖެންޓީނާ ސައިޒަށް ތިރިކުރުން ވެގެންދިޔައީ ބޮޑު ގިނަ ބަޔަކަށް ސިހުން ލިބިގެން ދިޔަ ކަމަށެވެ.
ސައުދީގެ ގިނަ ބަޔަކު އުފާ ފާޅުކުރަމުން ގެންދާއިރު، އެގައުމުގެ ރަސްގެފާނު މަލިކު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ މާދަމާ އަކީ އެގައުމުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.
އެގޮތުން ސަރުކާރު އަދި އަމިއްލަ އޮފީސްތަކާއި، ސަރުކާރުގެ ސުކޫލް ތަކުގެ އިތުރުން އަމިއްލަ ސުކޫލްތައް ވެސް މާދަމާ ބަންދު ވާނެ ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
މިމެޗުން މޮޅުވުމާއި އެކީ ސައުދީ އޮތީ މިހާރު ގްރޫޕް ސީގެ އެއްވަނައިގައި ތިން ޕޮއިންޓާއި އެކު އެވެ.
މިމުބާރާތުގައި ދެން ސައުދީ ބައްދަލުކުރާނީ މިމަހުގެ 26 ވަނަ ދުވަހު ޕޮލޭންޑާއިއެވެ. އަދި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މެކްސިކޯއާއި އެވެ.