އޮސްޓްރޭލިއާއާ ދެކޮޅަށް ފްރާންސުން ކުޅުނު މެޗުން ފްރާންސް މޮޅުވީ 4-1 ންނެވެ. މި މެޗުގައި ފްރާންސުން ޖެހި ލަނޑުތައް ޖަހާފައިވަނީ އޮސްޓްރޭލިއާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ.
މެޗުގެ ވަރަށް ކުރީކޮޅު އޮސްޓްރޭލިއާ އަށް ލީޑު ނަގައިދިނީ ކްރެއިގް ގުޑްވިން އެވެ. އެހެންނަމަވެސް އެޑްރިއަން ރަބިއޯގެ ލަނޑުން އެއްވަރު ކުރުމަށް ފަހު، ފަހުން ފްރާންސުން ތިން ލަނޑު ޖަހައި 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީއެވެ.